logoEN
cocacola
ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ޑރ. އަލީ ލަތީފް އާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ޑރ. އަލީ ލަތީފް އާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އަލްފާ އަލީ

logo

8/20/2024, 1:00:22 PM

# އައިޖީއެމްއެޗް# އޭސީސީ# ކޮރަޕްޝަން

-

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓުތައް ހެދުމުގައި ނާޖާއިޒް ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ. އަލީ އަބްދުﷲ ލަތީފާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ ބަންދު އިބްރާހީމް ސަލީމް (ކުޑަ ބަންދޭ)ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފޮނުވައިފި އެވެ.

ގޮސިޔާ

މި މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ, ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް"، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް (އާރުއެމްއެލްއެސް ލެބް ސަރވިސަސްއަށް) ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދި މައްސަލައިގައެވެ.

މި ދެމީހުންގެ އިތުރުން އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ.މިލްޒާ ޢަބްދުލްމުޙްސިންގެ މައްޗަށްވެސް ދައުވާ ކުރުމަށް އެދި ވަނީ ފޮނުވާފައެވެ. މި ތިން މީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް ހުށަހެޅީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ.

މައްސަލައިގެ ތަހުޤީޤުން ހޯދި ހޯދުންތަކުން ޑރ.ޢަލީ ޢަބްދުﷲ ލަޠީފް އަދި އޭނާގެ މަސްލަޙަތު އޮންނަ އާރު.އެމް.އެލް.އެސް ލެބް ސަރވިސަސް އިން މަނީލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، ވަކި މައްސަލައެއްގެ ގޮތުގައި ޑރ.ޢަލީ ޢަބްދުﷲ ލަޠީފް އަދި އާރު.އެމް.އެލް.އެސް ލެބް ސަރވިސަސްގެ މަނީލޯންޑަރިންގ ގެ މައްސަލަ ތަހުޤީޤުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އަދި ޑރ.ޢަލީ ޢަބްދުﷲ ލަޠީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުޤީޤުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހްޤީޤުކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށްވެސް ހުށަހަޅާފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭގެއިތުރުން، މި މައްސަލައިގައި، ޑރ. ޢަލީ ޢަބްދުﷲ ލަޠީފު އަދި ޑރ.މިލްޒާ ޢަބްދުލްމުޙްސިނާއި ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް އަދި އެ ދެ ފަރާތާއިމެދު ފިޔަވަޅެއް އަޅުއްވަން ޖެހޭކަމުގައި ވާނަމަ އެ ފިޔަވަޅެއް އެޅުއްވުމަށް އަންގާފައިވާނެ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ