logoEN
Sto top
ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުން އަންނަ ހޮނިހިރު ދުވަހު!

ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުން އަންނަ ހޮނިހިރު ދުވަހު!

އަހުމަދު ޝުރާއު

logo

11/11/2024, 11:44:20 AM

# ދަރުމަވަންތަ ހޮސްޕިޓަލް

--

ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ރާއްޖޭގައި ތަރައްޤީކުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލް އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

Wamco

މިކަން ހާމަކުރެއްވީ ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްުޒު އެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް މިމަހުގެ 16 ވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި އެހޮސްޕިޓަލް ހުޅުވުމަށް ނިންމާފައިވަނީ ޓާޝަރީ ހޮސްޕިޓަލެއްގެ ދަރަޖަ ދިނުމަށް ފަހުގައި ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެތަނަކީ ހޮހަޅައެއް ކަަމަށް ބުނެ ބައެއް ފަރާތްތަކުން އެތަން ބޭނުން ނުކުރި ކަމަށާއި ނަމަވެސް އަންނަ ހޮނިހިރު ދުވަހު އެހޮސްޕިޓަލް ރަސްމީކޮށް ހުޅުވާނީ އެތަނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ގާއިމުކުރުމަށްފަހުގައި ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލަށްވެސް ޓާޝަރީ ހޮސްޕިޓަލެއްގެ ދަރަޖަ ދެއްވާނެ ކަން ރައީސް ވަނީ ރޭ ހާމަކުރައްވާފައި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2.1 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހޭދައެއް ކޮށްގެން އިމާރާތް ކުރި 25 ބުރީގެ ހޮސްޕިޓަލުގައި ޒަމާނީ ވަސީލަތްތަކާ އެކު ފުރިހަމަ ތިއޭޓަރެއް ވެސް ގާއިމްކުރި ނަމަވެސް ހަ އަހަރު ވެގެން ދިޔައިރު ވެސް ތަފާތު އެކި ސަބަބުތަކާ ހެދި އެ ތަން ބޭނުމެއް ނުކުރެ އެވެ. ނަމަވެސް ދާދި ފަހުން އެ ތިއޭޓަރު ވެސް ވަނީ ބޭނުންކުރަން ފަށާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside