logoEN
ޕީއެންސީ 2
އަޅުގަނޑުވެސްް ދެން ރައީސް ސޯލިހާއެކު މަސައްކަތްކުރަން ބޭނުން ނުވޭ - ނަޝީދު

އަޅުގަނޑުވެސްް ދެން ރައީސް ސޯލިހާއެކު މަސައްކަތްކުރަން ބޭނުން ނުވޭ - ނަޝީދު

އައިޝަތު އިފާޝާ

logo

10/16/2022, 10:30:07 PM

# މުހައްމަދު ނަޝީދު# އިބްރާހިމް މުޙައްމަދު ސޯލިހު

Ibrahim-Mohamed

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޝަރީ 2024

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވެވި މެސެޖެއްގައެވެ.

މާދަމާ ރޭ ކ. އާރަށުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ރައީސް ސޯލިހު ބައްދަލުކޮށްލެއްވުމަށްް ހަމަޖެހިފައިވާއިރު، ރައީސް ނަޝީދު ވިދާޅުވީ، އެދުވަހު އެމަނިކުފާނު މާލޭގައި ހުންނެވި ނަމަވެސް އެބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

އެބައްދަލުވުމަކީ ރައީސް ސޯލިހުގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައީސް ސޯލިހު އެމަނިކުފާނާއި ވާހަކަ ދައްކަވާ ކަންކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި، އެހެންކަމުން އެމަނިކުފާނުވެސް ދެން ރައީސް ސޯލިހާ އެކު މަސައްކަތްކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ