
IMG_5818
ގާފު މީޑިޔާ ގްރޫޕުން އަލަށް ލޯންޗު ކުރި ގާފު އޮންލައިން ނޫސް ލޯންޗުކުރުމާއި އެކު މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ މަރުހަބާ ވިދާޅުވެއްޖެއެވެ.

ގާފު މީޑިޔާ ގްރޫޕްގެ މެނޭޖްމެންޓަށް ފޯނުން ގުޅުއްވައި މަރުހަބާ ދައްނަވަމުން ހިދާޔަތުﷲ ވިދާޅުވީ ނޫސްވެރިކަމުގެ ބޮޅަށް މިއަދު އިތުރުވެގެން މިދަނީ އާބޮޅެއް ކަމަށާއި މީޑިޔާ ކައުންސިލްގެ ފަރާތުން ގާފު އޮންލައިނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ ގަވާއިދު ތަކަށާއި ދީނާއި ރާއްޖޭގެ ގާނޫންތަކަށް ފުރިހަމައަށް ބޯލަބައި ހަމަހަމަ ކަމާއި އެކު ތެދު ހަބަރު ގެނެސްދިނުމަށް ހިދާޔަތުﷲ ވަނީ ނަސޭހަތްތެރިވެފައެވެ.
ހިދާޔަތުﷲ އިތުރަށް ވިދާޅުވި ގޮތުގައި ހުވަދޫ އަތޮޅަށް ނޫހެއް ޚާއްސަވުމަކީ މުޅި ހުވަދު އަތޮޅަށްވެސް ލިބޭނެ ކުރިއެރުމެއް ކަމަށާއި އުންމީދަކީ ޒަމާނާއި އެއްގޮތަށް ތަފާތު ކަންތައްތަކެއް ގާފުން ފެނިގެން ދިޔުން ކަމަށެވެ.
ގާފު އޮންލައިން ލޯންޗު ކުރުމާއި އެކު ރާއްޖޭގެެ ގިނަ މީޑިޔާތަކުންނާއި، މީޑިއާ ތަކުގެ ވެރިން ވަނީ ގާފުގެ މެނޭޖްމެންޓަށް ގުޅައި މީޑިޔާ އާއިލާއަށް މަރުހަބާ ދަންނަވައި ހެޔޮއެެދުން އަރިސްކޮށްފައެެވެ.
ގާފު އޮންލައިންއަކީ މުޅި ހުވަދުއަތޮޅު ދެކުނުބުރި އަދި އުތުރުބުރީގެ ހަބަރުތަށް އެންމެ ތާޒާކަންމަތީ ރައްޔިތުންނާއި ހަމައަށް ގެެނެސްދިނުމުގެ މަގްސަދުގައި ވުޖޫދަށް ގެނެވުނު ނޫހެކެވެ. އަދި މި ނޫހުގެ ތެރެއިން މުޅި ރާއްޖޭގެ އާންމު ހަބަރުތަށް ވެސް ރިޕޯޓް ކުރާނެއެވެ.
ގުޅުންހުރި

އަންހެން ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވޭ މީޑިއާ ކައުންސިލް މެމްބަރު ސަސްޕެންޑްކޮށްފި

މީޑިއާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

އޮންލައިން މީޑިއާ އެތިކްސް ކޯހެއް ފަރުމާކޮށް، ހިންގަން އެއްބަސްވެއްޖެ
