logoEN
ޕީއެންސީ 2
މަނީ ލޯންޑަރިންގ ދައުވާއިން ޕާކިސްތާނުގެ ބޮޑުވަޒީރާއި ދަރިފުޅު ސަލާމަތްވެއްޖެ

މަނީ ލޯންޑަރިންގ ދައުވާއިން ޕާކިސްތާނުގެ ބޮޑުވަޒީރާއި ދަރިފުޅު ސަލާމަތްވެއްޖެ

ޝައުފާ އިސްމާއިލް

logo

10/13/2022, 9:45:56 AM

# ޕާކިސްތާނު

Shahbaz-640x319-1-1

2020 ވަނަ އަހަރު އުފުލި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާތަކުން ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި އޭނާގެ ދަރިކަލުން ބަރީއަވެއްޖެ އެވެ.

ޝަރީ 2024

ލާހޯރު ސިޓީގެ ސްޕެޝަލް ކޯޓް ސެންޓްރަލްގެ ފަނޑިޔާރު އިޖާޒް ހަސަން އަވާން ބުދަ ދުވަހު ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވަވާފައިވަނީ ބޮޑުވަޒީރުގެ ގާނޫނީ ޓީމުގެ ކުރިމަތީގައެވެ. މިހުކުމް އިއްވާފައިވަނީ ޝަހްބާޒާއި ދަރިކަލުންގެ ގައިރު ހާޒިރުގައި އެވެ.

ދައުވާ އުފުލީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަމުގައި ޝަހްބާޒްއާއި ޕަންޖާބު ޕްރޮވިންސްގެ ކުރީގެ ޗީފް މިނިސްޓަރު ކަން ކުރެއްވި ޝަހްބާޒްގެ ދަރިކަލުން ހަމްޒާގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ އެތައް މިލިއަން ޑޮލަރެއްގެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތެވެ.

ލާހޯރުގައި ހުންނަ ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީ (އެފްއައިއޭ) އިން ޝަހްބާޒްއާއި އޭނާގެ ދެ ދަރިކަލުން ކަމަށްވާ ހަމްޒާ އާއި ސުލޭމާންގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އެކައުންޓް ހޯލްޑަރުންގެ އެއްވެސް ނަމެއް ނެތް 28 ބޭންކް އެކައުންޓެއް މެދުވެރިކޮށް 16.3 ބިލިއަން ރުޕީސް (ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު) މަނީ ލޯންޑަރިންގެ ތުހުމަތުގަ އެވެ.

ދައުވާ އުފުލުމަށް ފަހު ލަންޑަނަށް ދިރިއުޅުން ބަދަލުކުރި ފަހުން ސުލޭމާންގެ އެނބުރި ޕާކިސްތާނަށް އައިސްފައެއް ނުވެއެވެ.

ލާހޯރުގެ ސްޕެޝަލް ކޯޓްގައި އޮތް މައްސަލައަކީ "އެއްވެސް އަސާސެއް ނެތް އަދި ސިޔާސީ މަގުސަދެއްގައި" ހިންގި މައްސަލައެއް ކަމަށް ޝަހްބާޒްގެ ގާނޫނީ ވަކީލު އަމްޖަދު ޕަރްވޭޒް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޕީޖީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ނިކަމެތިވެފައިވާ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ކޮއްކޯފުޅު ޝަހްބާޒް ޝަރީފް، ޕާކިސްތާނުގެ ޕާލަމެންޓުން މިއަހަރުގެ ކުރީކޮޅު ބޮޑުވަޒީރުކަމަށް އިންތިޚާބު ކުރީ، ކުރީގެ ބޮޑުވަޒީރު ޚާން މަގާމުން ދުރުކުރުމަށް މަގުފަހިވި ސިޔާސީ ހަލަބޮލިކަމުގެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ