logoEN
cocacola
ޕާކިސްތާނުންވެސް އެމްޕޮކްސްގެ ކޭސްއެއް ފެނިއްޖެ

ޕާކިސްތާނުންވެސް އެމްޕޮކްސްގެ ކޭސްއެއް ފެނިއްޖެ

އަހުމަދު ޝުރާއު

logo

8/16/2024, 9:36:58 AM

# ޕާކިސްތާނު# އެމްޕޮކްސް

--

ވައިރަލް އިންފެކްޝަނެއް ކަމަށްވާ އެމްޕޮކްސް ގެ ފުރަތަމަ ކޭސް ފެނިފައިވާކަން ޕާކިސްތާނުންވެސް އިއުލާނުކޮށްފި އެވެ.

ގޮސިޔާ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ބަލި ފެތުރުމާ ގުޅިގެން ބައިނަލްއަގުވާމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިތާ 72 ގަޑިއިރުވެސް ނުވަނީސް ޕާކިސްތާނުގެ ސިއްހީ އޮފިޝަލުން ވަނީ މި އަހަރުގެ ފުރަތަމަ ފަހަރަށް އެމްޕޮކްސް ގެ ކޭސްއެއް އެގައުމުން ފެނިފައިވާކަން އިއުލާނުކޮށްފައެވެ.

"ބަލި ޖެހުނު މީހާ އަކީ ގަލްފުގެ ގައުމަކުން އައި މީހެއް،" އެގައިމުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެގައުމުން ފެނުނު ކޭސްއަކީ ކޮން ސްޓްރެއިނެއް ކަމެއް އަދި މިހާތަނަށް ކަށަވަރުވެފައި ނުވެއެވެ.

ޕާކިސްތާނުގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތް އިރުޝާދު ރޮގާނީ ވިދާޅުވީ ބަލި ޖެހުނީ 34 އަހަރުގެ މީހަކަށް ކަމަށާއި އެމީހާއަށް ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގައި ފަރުވާ ދެމުންދާ ކަމަށެވެ.

ޕާކިސްތާނުން މި ބަލީގެ ކޭސްއެއް ފެނުނު ކަން މިއަދު އިއުލާނުކުރި އިރު ސްވިޑެންގެ ޕަބްލިކް ހެލްތު އެޖެންސީން ބުރާސްފަތި ދުވަހު (އޮގަސްޓް 15) ބުނީ އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކްލެޑް 1ބީ ސަބްކްލޭޑްގެ ކޭސްއެއް އެގައުމުންވެސް ފެނިފައިވާކަމަށެވެ. ސްވެޑަންއިން ބަލި ފެނުނު މީހާއަކީ އެފްރިކާގެ ގައުމަކުން ސްވެޑަންއަށް މި ހަފްތާގައި ދިޔަ މީހެއް ކަމަށް ވަނީ ހާމަކޮށްފައެެވެ.

ޑަބްލިއުއެޗްއޯއިން މި ހަފުތާގައި ވަނީ އެފްރިކާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކްލެޑް 1ބީ ސްޓްރެއިންއަކީ ބައިނަލްއަގްވާމީ ގޮތުން ކަންބޮޑުވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަނޑައަޅަންޖެހިފައިވާ ސްޓެރިންއެއް ކަން ހާމަކޮށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

އެމްޕޮކްސް އަކީ ގައިން ގަޔަށް ފެތުރޭ ބައްޔެކެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެންމެ ފުރަތަަމަ ފެތުރެން ފެށި މި ބަލީގެ އާ ވޭރިއަންޓެއް ފެނިފައިވާއިރު، ޑަބްލިއުއެޗްއޯިން ބުނެފައި ވަނީ އާ ވޭރިއަންޓު ފެތުރޭލެއް މާ ފަސޭހަ ކަމަށެވެ. މި ބަލި ޖެހުމުން އެންމެ ފުރަތަމަ ހުން އައިސް މީހާގެ ވަރުދެރަވެއެވެ. އަދި ފަހުން ގައިން ދިޔަ ހެދޭ ބިހިތަކެއް ނަގައެވެ. މި ބައްޔަކީ ފަރުވާ ދިނުމުން ރަނގަަޅުވާ ބައްޔެއް ނަމަވެސް، ސީރިއަސް ހާލަތްތަކުގައި ފުރާނަައަށް ނުރައްކާވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ