
oeh9e3s4_abaid-ullah-baig_625x300_08_October_22
ހިފާފައިވާ ގިލްގިޓް ބަލްޓިސްތާން ސަރަހައްދުން ހުކުރު ދުވަހު ވަގަށް ނެގި ޕާކިސްތާނުގެ މިނިސްޓަރު އަބީދު الله ބައިގް، މިއަދު ދޫކޮށްލައިފިއެވެ.

ކިޑްނެޕް ކުރުމުގެ މި އަމަލު ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ އޭނާ އިސްލާމްއާބާދުން ބަބޫސަރު އަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް ވެއެވެ. ނަމަވެސް ފަހުން ހަނގުރާމަވެރިންނާ އެކު ކުރެވުނު މަޝްވަރާތަކާ އެކު ބައިގް ވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދޫކޮށްލާފައި ކަމަށް ޕާކިސްތާނުގެ މިނިޓް މިރަރ އިން ރިޕޯޓް ކުރެއެވެ.
އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން ޓެރަރިސްޓް ކޮމާންޑަރު އަބްދުލް ހާމިދު ވަނީ ޕާކިސްތާނުގެ މިނިސްޓަރު ދޫކޮށްލުމަށް ޝަރުތެއް ހަމަޖައްސާފަ އެވެ. އެއ ނަންގާ ޕަރްބަޓް ހާދިސާ ފަދަ ޓެރަރިސްޓް ހާދިސާތަކުގައި ބައިވެރިވި ހަތިޔާރުއެޅި މީހުން ދޫކޮށްލުމަށެވެ. އެކަން ކުރުމަށް ހަނގުރާމަވެރިން ވަނީ 10 ދުވަހުގެ މުހުލަތެއް ދީފައެވެ.
މިނިޓް މިރަރ އިން ބުނެފައިވާ ގޮތުގައި ޓެރަރިސްޓުންގެ ޑިމާންޑްތަކާ މެދު މަޝްވަރާ ކުރާނީ ލެޖިސްލޭޓިވް ސްޓްރަކްޗަރެއްގެ ތެރެއިންނެވެ. މި ހާދިސާ ހިނގުމާއެކު ގިލްގިޓްއަށް ދާން އޮންނަ މަގުތައް ސާފުކޮށް، ތާށިވެފައި ވާ ވެހިކަލްތައް އެމީހުންގެ މަންޒިލްތަކަށް ގެންދިއުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ.
ފުލުހުންގެ މަސްދަރުތަކާ ހަވާލާދީ މީޑިއާ ޕޯޓަލް އިން ބުނީ ހަނގުރާމަވެރިން ކުރި އަނެއް ޑިމާންޑަކީ އަންހެނުން ކުޅިވަރުތަކުގައި ބައިވެރިވުން މަނާކޮށް ޝަރީއާގެ އުސޫލުތަކަށް ތަބާވުން ކަމަށެވެ.
ގުޅުންހުރި

އަފްގާނިސްތާނުން ޕާކިސްތާނަށް ރައްދު ހަމަލާތަކެއް ދީފި

ޕާކިސްތާނު އަސްކަރިއްޔާއިން އަފްގާނިސްތާނަށް ވައިގެ ހަމަލާތަކެއް: ބަދަލު ހިފާނެ ކަމުގެ އިންޒާރު ތާލިބާނުން ދީފި

ޕާކިސްތާނުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި ދެ ކުޑަކުދިން މަރުވެއްޖެ
