logoEN
cocacola
އަނިޔާތައް ހުއްޓި މިހާރު ވެރިކަން ކުރަނީ ތާހިރު ނިޒާމަކުން - ނަޝީދު

އަނިޔާތައް ހުއްޓި މިހާރު ވެރިކަން ކުރަނީ ތާހިރު ނިޒާމަކުން - ނަޝީދު

# ރައީސް ނަޝީދު

fexcg9eveaaqms2

މިނިވަންކަމުގެ ރޫހުގައި މަސައްކަތް ކުރި މީހުން އޮބަހެއްޓުމަށް ކުރި ނުތާހިރު އަނިޔާތައް ހުއްޓުމަކަށް އައިސް، މިހާރު ވެރިކަން ކުރަމުން އަންނަނީ ތާހިރު ނިޒާމެއްގެ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެމަނިކުފާނު މިހެން ވިދާޅުވީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތާއި، މަޒުމޫނު ލިއުމުގެ މުބާރާތުގެ ނަތީޖާ އިއުލާން ކުރުމަށް ރައްޔިތުންގެ މަޖިލިސް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ، މިއަދު ގިނަ ބައެއްގެ ހިތުގައި ބިންވަޅު ނެގިފައި ވަނީ މިހާރު އަމަލުކުރެވެމުންދާ ދިވެހި ގާނުނު އަސާސީން ޑިމޮކްރަސީ ހައްގުތައް ތަނަވަސްކޮށްދީފައިވާ މިންވަރު ކަމަށެވެ.

ނަޝީދު ވިދާޅުވީ، ވެރިކަމެއް އުފެދިގެން އަންނަނީ ރައްޔިތުންގެ އުންމީދުތަކަކާއި، ރައްޔިތުންގެ އެދުންތަކެއް އަދި އިހުސާސްތަކެއް ހިމެނޭ ސިޔާސަތުތަކެއް ތަންފީޒުކުރުމަށް އެކުލަވާލެވޭ ސަރުކާރެއް މެދުވެރިވެގެންކަމީ މިއަދުގެ ގާނޫނު އަސާސީން ލިބިދީފައިވާ އެތައް ސިފަތަކެއްގެ ތެރެއިން ބައެއް ސިފަ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްވެހިކަން ކުރިއަށް ގެންދެވެން އޮތް މިންވަރާއި، އެ ނިޒާމުގެ ތެރެއިން ތެރެއިން އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށް ބައިވެެރިވެވެން މިހާރު އޮތް މިންވަރަކީ މީގެ ކުރިއާއި މިއަދު އަޅުވާ ކިޔާލައިފިނަމަ ހާސްބައި ފަރަގު ފެންނާނެ ކަންކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ޖަލުތަކުގައި ކުރެވުނު އަނިޔާ އެއީ މިނިވަންކަމުގެ ރޫހުގައި މަސައްކަތް ކުރި ކޮންމެ މީހަކު ފިއްތުމަށް އޮބެހެއްޓުމަށް، ހުއްޓުވުމަށް ކުރަމުން ގެންދިޔަ ނުތާހިރު އަނިޔާތައް ހުއްޓި އަޅުގަނޑުމެންނަށް ބައިވެރިވުން އޮތް ވެރިކަމުގެ ނިޒާމެއްގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ވެރިކަން ކުރެވެމުން ދަނީ. --ރައީސް ނަޝީދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވަން، ދެފުށް ފެންނަ އަދި ސުލްހަވެރި އިންތިހާބަކަށް ވުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ގާނޫނު ތަންދޭ ހުރިހާ އެންމެންނަށް އެ އިންތިހާބުގައި ބައިވެރިވެވޭނެ ކަމަށާއި، ރައްޔިތުންނަށް ފެންނަ އެންމެ ރަނގަޅު މީހަކަށް ވޯޓު ދެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ