logoEN
ކޮކާކޯލާ
ދިވެހިން މީސްމީޑިއާގައި ބަރަހަނާ ވަމުން ދާއިރު، ކަމާއި ބެހޭ ފަރާތްތައް ފޮލޮވާސް ލިސްޓުގައި!

ދިވެހިން މީސްމީޑިއާގައި ބަރަހަނާ ވަމުން ދާއިރު، ކަމާއި ބެހޭ ފަރާތްތައް ފޮލޮވާސް ލިސްޓުގައި!

އަޙްމަދު ޖަމީލު

logo

1/26/2021, 12:42:09 PM

# މުޖްތަމަޢު

Social Media

މީސްމީޑިއާގައި ވަރަށް ކުޅަދާނަ ބައެއްކަން އަބަދުވެސް ދައްކަމުން ދާ ދިވެހިންނަކީ އެއިރެއްގެ އޮންނަ އެންމެ މަޝްހޫރު ކަންތައް ކުރުމުގައިވެސް ވަރަށް ކުރީގައި ތިބޭ ބައެކެވެ. އެއިރެއްގައި މީސްމީޑިއާގެ ޕްލެޓްފޯމަށް އަންނަ ކޮންމެ އެއްޗެއްގަ ވެސް އެންމެ ކުރީގައި ތިބެނީ ދިވެހިންނެވެ. މިއަދު މި ކުޑަ ރާއްޖޭގެ ވިޔަފާރީގެ ވެސް ބޮޑު ދައުރެއް މީސްމީޑިއާގައި އަދާ ކުރަމުން ދާއިރު، ނިސްބަތުން މި ކަމުގައިވެސް ދިވެހިން އުޅެނީ ވަރަށް ކުރީގައެވެ.

އަބުޅޯ

އެހެން ނަމަވެސް، މީސްމީޑިއާގައި ބައެއް ދިވެހިންގެ އަމަލުތައް ހުންނަ ގޮތުން އެއީ ދިވެއްސެއްކަން ގަބޫލުކުރަން އުނދަގޫވެއެވެ. މިހާރު ރާއްޖޭގައި އެންމެ ވަރުގަދަ އެއް ޕްލެޓްފޯމް ކަމަށް ވާ ޓިކްޓޮކް އަކީ ރާއްޖޭގެ އެތައް ބައެއް ޒިޔާރަތް ކޮށް އޭގެ ހުންނަ ވީޑިއޯ ތައް ބަލައި އުޅޭ މަޝްހޫރު ޕްލެޓްފޯމެކެވެ. ދިވެހިންނަކީ އެކްޓް ކުރުމުގެ ކުޅަދާނަކަން ވެސް ލިބިފައިވާ ބައެއް ކަން ސާބިތު ކޮށްދެނީ ލައްކައިން ފޮލޯވަރުން ހޯދާއި، ވީޑިއޯ ތައް ބަލާ މީހުންގެ އަދަދު މިލިއަނުން ގުނާލެވޭތީއެވެ.

ނަމަވެސް މި ފަހަކަށް އައިސް، ޓިކްޓޮކްގައި ދިވެހިންގެ ވީޑިއޯތައް ބެލުމަކީ ދިވެއްސަކަށް ވީތީ ހަމަގައިމުވެސް ކެތްކުރެވޭނެ ކަމެއް ނޫނެވެ. އައުރަ ނިވާ ނުވާ ހާލުގައި ލަދެއް ނެތި އާންމުންނަށް ދައްކާލުމަށް ދޫކޮށްލާ ވީޑިއޯ ތަކަކީ ހަމަ ގައިމުވެސް، ދިވެހި މަންމަ އަކު އަދި ބައްޕައަކު އޭނާ ގެ ދަރިފުޅު ގެ ފަރާތުން ފެންނަން ބޭނުން ވާނެ ކަމެއް ނޫނެވެ. އަދި ކޮއްކޮ އެއް ދައްތަ އެއް ވިޔަސް، އެ މަންޒަރުތައް ބަލަން ބޭނުން ނުވާނެ ކަން އެއީ ދެބަސް ވެވެން ނެތް ކަމެކެވެ.

ލޯބިން ތަރުބިއްޔަތު ކޮށް ހެވާއި ނުބައި ރަނގަޅަށް އުނގަންނައިދީ ބޮޑު ކުރި އަންހެން ދަރިފުޅު އެތައް މިލިއަން ހިލޭ ފިރިހެނުން ބެލުމަށް ދޫކޮށްލާ ވީޑިއޯ ތަކުގެ ވާހަކަ ދާދި ފަހުންވެސް މީސްމީޑިއާގައި ދެކެވުނެވެ. އައުރަ ނިވާ ނުކޮށް ހުރި ދިވެހި އަންހެން ކުއްޖެއް އިޖްތިމާއީ މިންގަޑުގެ ބޭރުން އާންމުކުރި ނަށާ ވީޑިއޯތައް ކުށްވެރި ކުރި މީހުންނަކީ "ކަޓު" ވިސްނުން ހުރި މީހުންގެ ގޮތުގައި ލޭބަލް ކުރެވުނެވެ.

ގިނަ އަދަދަކަށް ގާނޫން ތަންފީޒުކުރާ އިދާރާ ތަކުގައި މަސައްކަތް ކުރާ ބޭފުޅުން ފޮލޯ ކޮށްފަ ހުރި އެ އައިޑީ އިން ފާޅުކަން ބޮޑު ގޮތެއްގަ އާންމު އިޖުތިމާޢީ މިންގަޑާއި ޚިލާފުވަމުން ދާއިރު، އެކަމަށް ތަރުޙީބު ދީ ކޮމެންޓު ކުރާ މީހުން ގެ ތެރޭގައިވެސް އެބޭފުޅުން އެބަތިއްބެވެ.

މާލޭގެ ފީހާރާއެއްގެ ތެރޭގައި ނިވާކަން ކުޑަ ހެދުމެއް ލައިގެން ހުރި އަންހެން ކުއްޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހަނދާނެއް އަދި ފިލައިގެން ދާނެހާ ދުވަސް ނުވެއެވެ. އެދުވަހު ރާއްޖޭގެ ގާނޫނު ތަންފީޒު ކުރާ ބޭފުޅުން ކަންތައް ކުރި ގޮތަކީ އެފަދަ ކަންކަމަށް އަމަލު ކުރަންޖޭހެނެ ގޮތް ކަން ކޮންމެ ދިވެއެސެއްވެސް ގަބޫލު ކުރާނެއެވެ.

ރާއްޖޭގެ ވިޔަފާރިތައް މީސްމީޑިއާގައި ޕްރޮމޯޓް ކޮށް ވިއްކަމުން ދާއިރު، ދުވަހުން ދުވަހަށް ހެދިފައި އޮންނަ ގާނުނާއި ގަވާއިދާއި ޚިލާފުވަމުން ދެއެވެ. ރާއްޖެ އެތެރެ ކުރަން މަނާ އެތަކެއް ތަކެއްޗެއް ފާޅުކަން ބޮޑު ގޮތެއްގައި މީސްމީޑިއާގައި މާކެޓް ކޮށް ވިއްކަމުން ދެއެވެ.

އިންސްޓަގްރާމުގައި އަންހެނުންގެ އަންނައުނު ވިއްކަމުންދާ ވިޔަފާރި އަކުން އެ ހެދުންތަކުގެ އިސްތިހާރު ކުރުމުގައި ބަރަހަނާވެ، އޮރިޔާން ވަމުން ދާއިރު، މި ވިޔަފާރީގެ ފޮލޯ ލިސްޓުގައި ވެސް ގާނޫން ތަންފީޒު ކުރާ ބޭފުޅުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ވެސް އެބަތިއްބެއެވެ. ހެދުން އިސްތިހާރުކުރުމުގައި ދިވެހި އަންހެން ކުއްޖެއް ކުޅެފައި ހުންނަ ވީޑިއޯ ތަކުން ފެންނަ މަންޒަރު ތަކަކީ، މި ރާއްޖޭގެ ގާނޫން ތަންދޭ ކަމެއް ނޫނެވެ. އެކަމަށް ފިޔަވަޅު ނޭޅެން ޖެހޭ އެއްވެސް ސަބަބެއް އޮންނާނެ ކަމަށް ގަބޫލެއްވެސް ނުކުރެވެއެވެ.

ކަމާއިބެހޭ ފަރާތްތަކުން އެބޭފުޅުންގެ ޒިންމާ އަދާކުރާތަން ފެނެއެވެ. އެހެން ނަމަވެސް، ރައްޔިތުންގެ މިފަދަ ޝަކުވާ ތަކަށް ބައެއްފަހަރު ބީރު ކަންފަތެއް ދެވި، ދޫދެވިފައި ހުރުމުގެ ސަބަބުން ނޭދެވޭ އެތައް އަސަރު ތަކެއް މި ކުޑަ މުޖްތަމަޢުގެ އެންމެނަށް ކުރަމުންދެއެވެ.

ޓެލެގްރާމުގައި ހިންގަމުންދިޔަ ގްރޫޕްތަކެއް ބަންދުކުރުމުން، އެތަކެއް ރައްޔިތުންނަށް އެކަމުގެ ހިތްހަމަ ޖެހުން ލިބިގެން ދިޔައެވެ. މިދަފަ ކުށްތަކަކީ އަނިޔާއަކަށް ނުވިޔަސް، އަދި މާލީ ގޮތުން ގައުމަށް ނުރައްކަލަކަށް ނުވިޔަސް، މި ގައުމުގެ މުސްތަގުބަލުގެ އުޖާލާކަން ގެއްލި ދިވެހިންގެ ތެރޭގައި އޮންނަ ގަދަރާއި އިހްތިރާމު ގެއްލިގެން ދާނެ ކަމުގެ ފެހި ސިގުނަލެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ