
އެމެރިކާގައި ވަގަށް ނެގި އިންޑިއާ ދަރިކޮޅުގެ 4 މީހުންގެ ތެރޭގައި 8 މަހުގެ ތުއްތު ކުއްޖަކު ހިމެނޭ!
# އެމެރިކާhms9qqjc_us-police-generic_625x300_14_September_18
ކެލިފޯނިއާގެ މަރކެޑް ކައުންޓީއިން ހޯމަ ދުވަހު ވަގަށް ނެގި ހަތަރު މީހުންގެ ތެރޭގައި 8 މަހުގެ ތުއްތު އަންހެން ކުއްޖަކާއި އޭނާގެ މައިންބަފައިން ވެސް ހިމެނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

މަރކެޑް ކައުންޓީ ޝެރިފްގެ އޮފީހުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 36 އަހަރުގެ ޖަސްދީޕް ސިންގް، 27 އަހަރުގެ ޖަސްލީން ކައުރް، އެމީހުންގެ 8 މަހުގެ ތުއްތު އަރޫހީ ދީރީ، 39 އަހަރުގެ އަމަންދީޕް ސިންގް ވަގަށް ނަގާފައިވާ ކަމަށެވެ.
ފުލުހުން ވަނީ ތުހުމަތު ކުރެވޭ މީހާއަކީ ހަތިޔާރު އެޅި އަދި ނުރައްކާތެރި މީހެއް ކަމަށް ސިފަކޮށްފަ އެވެ.
އޭބީސީ 30 ނޫހުން ބުނީ އެ ހަތަރު މީހުން ވަގަށް ނަގާފައިވަނީ ސައުތު ހައިވޭ 59 ގެ 800 ބްލޮކްގައި ހުރި ގެއަކުން ކަމަށެވެ.
އެންބީސީ ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޮފިޝަލުން ތުހުމަތު ކުރެވޭ މިހާގެ ނަމާއި އެމީހުން ވަގަށް ނެގި މަގްސަދެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
"އަހަރެމެން އާންމުންގެ ކިބައިން މި އެދެނީ ތުހުމަތު ކުރެވޭ މީހާ ނުވަތަ ވިކްޓިމް އާ ކައިރި ނުވުމަށް،" ޝެރިފްގެ އޮފީހުން ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ އެމީހުން ފެނިއްޖެ ނަމަ 911 އަށް ގުޅުމަށް އެދިފައެވެ.
ގުޅުންހުރި

ޓްރަމްޕުގެ އޯޑަރެއް ތަންފީޒުކުރުމަށް ހުރަސްއެޅިކަމަށްބުނެ އެފްބީއައިއޭއިން ފަނޑިޔާރަކު ހައްޔަރުކޮށްފި

އެމެރިކާގެ ހަޑްސަން ކޯރަށް ހެލިކޮޕްޓަރެއް ވެއްޓި 6 މަރު!

ޓްރަމްޕުގެ ވަރުގަދަ އިންޒާރެއް ޗައިނާއަށް!
