
ޓްރަމްޕުގެ އޯޑަރެއް ތަންފީޒުކުރުމަށް ހުރަސްއެޅިކަމަށްބުނެ އެފްބީއައިއޭއިން ފަނޑިޔާރަކު ހައްޔަރުކޮށްފި
# އެމެރިކާ--
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އޯޑަރެއް ތަންފީޒުކުރުމަށް ހުރަސްއެޅި ކަމަށްބުނެ އެފްބީއައިއޭއިން އެމެރިކާގެ ފަނޑިޔާރަކު ހައްޔަރުކޮށްފި އެވެ.

މިކަން ހާމަކުރައްވައި އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މިލްވޯކީ ކައުންޓީގެ ސާކިޓް ގާޒީއެއް ކަމަށްވާ ހަނާ ޑުގަން ހައްޔަރުކުރީ ފެޑެރަލް އެޖެންޓުން އޭނާގެ ކޯޓުގައި ބަންދުކުރަން ގަސްދުކުރި މީހަކު ބަންދުކުރަން އޭނާ ހުރަސްއެޅުމާއި ގުޅިގެން ކަމަށެވެ. ނަމަވެސް އިރުތަކެއް ނުވެ މި ޕޯސްޓު އޭނާ ވަނީ ޑިލީޓްކޮށްފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެފްބީއައި އިން ގާޒީ ހަނާ ޑުގަން ވިސްކޮންސިންގެ މިލްވޯކީއިން ހައްޔަރުކުރީ މިދިޔަ ހަފުތާގައި ޓްރަމްޕުގެ ޚާއްސަ އެކްސެކެޓިވް އޯޑަރަކަށް ހިންގަމުންދާ ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ހައްޔަރުކުރުމުގެ އޮޕަރޭޝަނަށް ގާޒީ ޑުގަން ހުރަސް އެޅުއްވި ކަމުގެ ސީދާ ހެކި ލިބުމާ ގުޅިގެން ކަމަށެވެ.
އެމެރިކާގެ ފެޑެރަލް އަދި ސްޓޭޓްގެ ބައެއް ފަނޑިޔާރުން ވަނީ ޓްރަމްޕްގެ އެގްޒެކެޓިވް ގިނަ ފިޔަވަޅުތަކެއް މަޑުޖައްސާލާފައިވާ ހުކުމްތަކެއް ނެރެފަ އެވެ.
ގުޅުންހުރި

ސްޕިރިޓް އެއާލައިންސްގެ ހުރިހާ ފްލައިޓެއް ކެންސަލްކޮށް އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލުމުގެ މަސައްކަތް ފަށައިފި

ޓްރަމްޕު ބައިވެރިވި ހަފްލާއެއްގައި ބަޑިޖަހައިފި

އީރާންގެ ހަނގުރާމަ މެދުކަނޑާލުން މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްފި




