
އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި އަލް ޝަބާބުގެ ލީޑަރަކު މަރާލައިފި
# އެމެރިކާ# އަލް ޝަބާބު# ޓަރަރިޒަމް00441305_5c10700bec24450c44c08908de3616bf_arc614x376_w614_us1
ސޯމާލިއާގައި އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި ހޮނިހިރު ދުވަހު އަލް ޝަބާބުގެ ހަނގުރާމަވެރި ލީޑަރު މަރާލާފައިވާ ކަމަށް އެމެރިކާގެ އެފްރިކާ ކޮމާންޑުން ބުނެފި އެވެ.

ސޯމާލިއާގެ ސަރުކާރާ ގުޅިގެން ހިނގި މި އޮޕަރޭޝަންގައި މަރާލީ އަލް ޝަބާބުގެ ކޮން ލީޑަރެއްކަން އެމެރިކާއިން ހާމަކޮށްފައި ނުވި ނަމަވެސް ސޯމާލިޔާ ސަރުކާރުން ބުނެފައިވާ ގޮތުގައި މަރާލާފައިވަނީ އަލް ޝަބާބުގެ ކޯ ފައުންޑަރެއް ކަމަށްވާ އަބްދުﷲ ނާދިރު އެވެ.
އެމެރިކާއިން ބުނީ މި ހަމަލާގެ އިނީޝިއަލް އެސެސްމަންޓަކީ އަލް ޝަބާބުގެ ހަނގުރާމަވެރި ލީޑަރަކު މަރާލާފައިވާކަމަށާއި އިތުރު އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ވެފައި ނުވާކަން ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ސޯމާލިއާގައި އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި އަލް ޝަބާބުގެ 27 މެމްބަރަކުވެސް ވަނީ މަރާލާފައެވެ.
އެފްރިކާ ކޮމާންޑުން ބުނީ އަލް ޝަބާބް އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން ހަރަކާތްތެރިވާ އަލްގައިދާ ނެޓްވޯކް ކަމަށާއި އެމެރިކާ ސިފައިންނަށް ހަމަލާދީ އެމެރިކާގެ ސަލާމަތީ މަސްލަހަތުތަކަށް ނުރައްކާ ކުރުމުގެ ގާބިލްކަމާއި ކުޅަދާނަކަން އަލް ޝަބާބުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
މިއާއި އެކު މިފަދަ ޓަރަރިޒަމް ޖަމާއަތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން އަންނަނީ ދެމުންނެވެ.
ގުޅުންހުރި

އެމެރިކާގެ ހަޑްސަން ކޯރަށް ހެލިކޮޕްޓަރެއް ވެއްޓި 6 މަރު!

ޓްރަމްޕުގެ ވަރުގަދަ އިންޒާރެއް ޗައިނާއަށް!

އެމެރިކާގެ ބޮޑު ސެކިއުރިޓީ ބްރީޗެއް: ހޫޘީންނަށް ބޮން އެޅުމަށް މަޝްވަރާކުރި ސަރުކާރުގެ ގްރޫޕު ޗެޓަށް " އޮޅިގެން" ނޫސްވެރިއަކު އެޑްކުރެވިފައި!
