logoEN
ކޮކާކޯލާ
އާއިންޖީނުގެ އަވަހަށް ނިމި އޮޕަރޭޝަނަށް އައުމަކަކީ ތިނަދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދު - އެމްޕީ މުޤުނީ

އާއިންޖީނުގެ އަވަހަށް ނިމި އޮޕަރޭޝަނަށް އައުމަކަކީ ތިނަދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދު - އެމްޕީ މުޤުނީ

އަޙްމަދު ޖަމީލު

logo

1/25/2021, 4:30:43 PM

# ގދ.ތިނަދޫ# އަބްދުﷲ ސަނީފް# އަބްދުލް މުޣުނީ# ފެނަކަ

DSC_2496

ގދ.ތިނަދޫ ގައި އަލަށް އިމާރާތް ކުރަމުންދާ އިންޖީނުގޭގެ މަސައްކަތް އަވަހަށް ނިމި ޚިދުމަތް ހޯދުމަކީ ތިނަދޫ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރ އަބްދުލް މުޣުނީ ވިދާޅުވެއްޖެ އެވެ.

އަބުޅޯ

ތިނަދޫ ގައި އިމާރާތް ކުރަމުން ދާ އިންޖީނުގޭގެ ސައިޓުގައި ހުންނަވައި "ގާފު" އޮންލައިން އަށް މައުލޫމާތު ދެއްވަމުން މުޣުނީ ވިދާޅުވީ، ތިނަދޫގެ ރައްޔިތުންނަކީ ވިޔަފާރީގެ ގޮތުން ކުރިއަރާފައިތިބި ބަޔަކަށް ވެފައި، ހުރިހާ ވިޔަފާރިއެއްވެސް އަދި އާންމުން ރައްޔިތުމީހާވެސް އެންމެ ބޮޑަށް ބަރޯސާވަނީ ކަރަންޓުގެ ޚިދުމަތައް ކަމަށެވެ.

މުޣުނީ ގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ސަނީފް ވެސް މިވަގުތު ތިނަދޫގައި ތިއްބެވުމާއިއެކު މިމަސައްކަތަށް ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުން ދެ މެމްބަރުންގެ ފަރާތުންވެސް ލިބިގެން ދާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

undefined

މުޢުނީ ވަނީ މި މަސައްކަތުގައި އެކި ގޮތް ގޮތުން އެހީތެރިކަން ދެމުންދާ، ތިނަދޫ ޕަބްލިކްވޯކްސް އާއި، އާރުޑީސީ އާއި ތިނަދޫ ކައުންސިލްގެ އިތުރުން އެމްޓީސީސީ އަށް ތިނަދޫ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.

މި އިމާރާތުގެ މަސައްކަތް ކުރަމުން ދަނީ އަންނަ އޭޕްރީލް މަހު 30 ކުރިން ނިންމުމަށެވެ. އަދި އިމާރާތުގެ ޚިދުމަތް އަންނަ ޖޫން މަހުގެ 30 ގެ ކުރިން ފެށުމަށް ފެނަކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ނިމިދިޔަ ޑިސެމްބަރ 11 ވަނަ ދުވަހު ބިންގާ އެޅުނު މި އިންޖީނުގޭޭގެެ އިމާރާތުގައި 20 މެގްވޯލްޓްގެ އިންޖީނު ބެހެއްޓި ހިދުމަތްދެވޭނެ ކަމަށް ފެނަަކައިން މައުލޫމާތު ދެއެވެ. އިންޖީނު ރޫމްގެ އިތުރުން ފަންނީ މުވައްޒިފުންނަށް ޒަމާނީ އޮފީހަކާއި މީޓިންގް ރޫމެއްވެސް މި އިމާރަތުގައި ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ