logoEN
cocacola
ހަތަރު ރަށެއްގައި ބޭސްފިހާރަ އިމާރާތް ކުރަން އެސްޓީއޯއިން ހުޅުވާލައިފި

ހަތަރު ރަށެއްގައި ބޭސްފިހާރަ އިމާރާތް ކުރަން އެސްޓީއޯއިން ހުޅުވާލައިފި

# އެސްޓީއޯ# ވިޔަފާރި

Pharmacy Image31

ހަތަރު ރަށެއްގައި ބޭސް ފިހާރަ އިމާރާތް ކުރުމަށް ސްޓޭޓް ޓްރޭޑިން ކޮމްޕެނީ (އެސްޓީއޯ) އިން އިއުލާންކޮށްފިއެވެ.

ގޮސިޔާ

އެކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ގޮތުގައި ބޭސް ފިހާރަ އިމާރާތް ކުރުމަށް ހުޅުވާލާފައިވަނީ، ބ. ކަމަދޫ، ބ. ކުޑަރިކިލު، ކ. މާފުށީގެ އިތުރުން ށ. ބިލެއްފަހީގައެވެ. އެގޮތުން އެ ބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލާ ކަމަށް އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައިވާ ގޮތުން ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފާމަސީ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ރަށުގައި އެ ބާވަތުގެ މަސައްކަތް ކުރާ ފަރާތަކަށްވާން ޖެހެ އެވެ. އަދި އިމާރާތް ކުރަން ޖެހެނީ 225 ނުވަތަ 300 އަކަފޫޓުގެ ފާމަސީއެއް ކަމަށާއި، ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، 200،000.00ރފ (ދެ ލައްކަ ރުފިޔާ) އަށް ވުރެ ކުޑަ ނޫން އިމާރާތް ކުރުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ވާން ޖެހޭ ކަމުގައިވެސް ބުނެފައިވެއެވެ.

ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އަންނަ މަހުގެ ފަސް ވަނަ ދުވަހު ގެ 11:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް އެކަން އެންގުމަށް އެސްޓީއޯއިން ވަނީ އެދިފައެވެ. އޭގެ ފަހުން ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 06 އޮކްޓޯބަރ 2022 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުން ކަމަށާއި، ބީލަން ހުށަހަޅަންވާނީ 16 އޮކްޓޯބަރ 2022 ވަނަ ދުވަހު 1100 ގެ ކުރިން [email protected] އީމެއިލް އެޑްރެސް އަށް ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ