ތިނަދޫގެ ކޮންމެ ޒުވާނަކަށްވެސް ތިނަދޫ ފެނަކައިން ވަޒީފާގެ ފުރުސަތު!

ތިނަދޫ އާއިންޖީނުގެ ސައިޓުގެ މަސައްކަތްތަށް :- ގާފު ފޮޓޯ : ސަޖާތް

ގދ ތިނަދޫގައި އަލަށް އިމާރާތްކުރަމުން އަންނަ އާއިންޖީނުގޭގެ އިމާރާތް ކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ތިނަދޫގެ ކޮންމެ ޒުވާނަކަށްވެސް އޮތް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ތިނަދޫ ގައި އިމާރާތް ކުރަމުން ދާ އިންޖީނުގޭގެ ސައިޓުގައި ހުންނަވައި "ގާފު" އޮންލައިން އަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ ފެނަކައިގެ ވަޒީފާގެ ފުރުސަތު ތިނަދޫގެ ކޮންމެ ޒުވާނަކަށް އެބައޮތް ކަމަށާއި އިންޖީނުގޭގެ އިމާރާތުގެ މަސައްކަތުގައި ބައިވެރިވެ ފެނަކަ ޓީމުގައި މަސައްކަތް ކުރުމަށް ބޭނުންވާ ޒުވާނުން އައިޑީކާޑު ހިފައިގެން އައުމުން ވަޒީފާ ހަމަޖެހޭނެ ކަމަށެވެ. ސައީދު އިތުރަށް ވިދާޅުވި ގޮތުގައި ފެނަކައިން ޒުވާނުންނަށް މިކަހަލަ ވަޒީފާތަށް ހުޅުވާލުމުގެ މަޤްސަދަކީ، ކޮންމެ ޒުވާނަކީވެސް މުޖުތަމައުއަށް ހިދުމަތެއް ކޮށްދެވޭ ޒުވާނަކަށް ހެދުމަށާއި ޒުވާނުންނަށް ރަނގަޅު މަސައްކަތްތަކެއް ދަސްވެގެން ދިޔުން ކަމަށެވެ.

ސައީދު ވިދާޅުވިގޮތުގައި ފެނަކައިގައި މަސައްކަތްކުރާ ޒުވާނުންނަށް ބޭނުން ވާނީ ރަނގަޅު ކެއުމާއި، ނިދުމުގެ އިތުރުން ރަނގަޅު އާމްދަނީއެއް ކަމަށާއި އެހުރިހާ ކަމެއް ފެނަކައިން އެޒުވާނުންނަށް ކޮށްދޭނެކަމަށެވެ.

ތިނަދޫގައި އަލަށް އިމާރާތް ކުރާ އާއިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނަމާދު ކުރެވޭނެ ގޮތާއި، އެއްފަހަރާ 60 މީހުންނަށް ކެވޭނެ ޖާގަ ހުރި މެސް ރޫމް އެއް އެ ސަރަޙަދުގައި ވަނީ ހަދާފައެވެ.

ތިނަދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތުގައި މަސައްކަތްކުރަމުން އަންނަނީ ސަތޭކަ ޕަސެންޓް ދިވެހިންނެވެ. އެގޮތުން މިވަގުތުގައިވެސް 70 ވަރަކަށް ދިވެހި މުވައްޒަފުން އަންނަނީ އަމަލީ މަސައްކަތުގައި މަސައްކަތްކުރަމުންނެވެ.

މި އިމާރާތުގެ މަސައްކަތް ކުރަމުން ދަނީ އަންނަ އޭޕްރީލް މަހު 30 ކުރިން ނިންމުމަށެވެ. އަދި އިމާރާތުގެ ޚިދުމަތް އަންނަ ޖޫން މަހުގެ 30 ގެ ކުރިން ފެށުމަށް ފެނަކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ނިމިދިޔަ ޑިސެމްބަރ 11 ވަނަ ދުވަހު ބިންގާ އެޅުނު މި އިންޖީނުގޭޭގެެ އިމާރާތުގައި 20 މެގްވޯލްޓްގެ އިންޖީނު ބެހެއްޓި ހިދުމަތްދެވޭނެ ކަމަށް ފެނަަކައިން މައުލޫމާތު ދެއެވެ. އިންޖީނު ރޫމްގެ އިތުރުން ފަންނީ މުވައްޒިފުންނަށް ޒަމާނީ އޮފީހަކާއި މީޓިންގް ރޫމެއްވެސް މި އިމާރަތުގައި ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް