
އައިޖީއެމްއެޗާ ގުޅިގެން އޭއެސްއެމްއެޗްއިން ތިނަދޫގައި ޑައިބެޓިކްސް ކޭމްޕެއް ބާއްވަނީ
# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް# އައިޖީއެމްއެޗްޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާ ގުޅިގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) އިން ގދ. ތިނަދޫގައި ޑައިބެޓިކްސް ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

އޭއެސްއެމްއެޗް އިން ހާމަކުރި ގޮތުގައި މި ކޭމްޕް އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 1 ވަނަ ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގައެވެ. އެ ކޭމްޕުގައި އައިޖީއެމްއެޗްގެ ޚާއްސަ ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާނެ އެވެ.
އެ ހޮސްޕިޓަލުން ބުނީ، ކޭމްޕުގައި ޑޮކްޓަރަށް ދައްކަން ބޭނުންފުޅުވާ، ހަކުރު ބަލި ހުންނަ ބަލިމީހުންނަށް ނަން ނޯޓު ކުރުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ. ނަން ނޯޓު ކުރެއްވުމަށް ގުޅުއްވަން ޖެހޭނީ އެ ހޮސްޕިޓަލުގެ ހޮޓްލައިން ނަމްބަރު 1555 އަށެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އެންއައިސީޔޫގެ ތެރެއިން އެމްޑީއާރްރޯގެ ކޭސްތަކެއް: މިހާރު ކޮންޓްރޯލް ކުރެވިއްޖެ - އައިޖީއެމްއެޗް

ތިނަދޫގެ ސިއްހީ ހިދުމަތަށް 55 އަހަރު ފުރުން ފާހަގަކޮށްފި

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ޑރ. އަލީ ލަތީފް އާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
