
ތިނަދޫގެ ސިއްހީ ހިދުމަތަށް 55 އަހަރު ފުރުން ފާހަގަކޮށްފި
# ހެލްތު މިނިސްޓްރީ# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްތިނަދޫގެ ސިއްހީ ހިދުމަތަށް 55 އަހަރު ފުރުން ފާހަގަކުރުމަސް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އޭއެސްއެމްއެޗް
ތިނަދޫ ސިޓީގެ ސިއްހީ ހިދުމަތަށް 55 އަހަރު ފުރުން ފާހަގަކޮށްފި އެވެ.

ތިނަދޫގެ ސިއްހީ ހިދުމަތަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިއްހަތާ ބެހޭ ވަޒީރު، ޑރ. އަބްދު ﷲ ހަލީލް އެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ތިނަދޫގެ ސިއްހީ ދާއިރާގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަތު ފަހުކޮޅު ނުވަތަ އަންނަ އަހަރުތެރޭ ފެށިގެން ދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ތިނަދޫގެ ސިއްހީ ހިދުމަތަށް 55 އަހަރު ފުރުން ފާހަގަކުރުމަސް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އޭއެސްއެމްއެޗް
މި ރަސްމިއްޔާތުގައި ތިނަދޫގެ ސިއްހީ ދާއިރާއަށް ދިގުމުއްދަތަކަށް ހިދުމަތް ކުރެއްވި ބޭޅުންނާއި ހިދުމަތްކުރައްވަމުން އަންނަ ބޭފުޅުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައިވެއެވެ. އަދި މީގެ އިތުރުންވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ރެކްރިއޭޝަން ކުލަބުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އުމްރާ ދަތުރުގެ ނަސީބުވެރިޔާވެސް ވަނީ ހޮވާފައެވެ.
ތިނަދޫގެ ސިއްހީ ހިދުމަތަށް 55 އަހަރު ފުރުން ފާހަގަކުރުމަސް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އޭއެސްއެމްއެޗް
މި ރަސްމިއްޔާތަށްފަހު ވަޒީރު ވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބްލަޑް ބޭންކްގެ ހިދުމަތާއި، ރިޕްރޮޑަކްޓިވް ހެލްތު ކްލިނިކް “އުފަންވެލި ކްލިނިކް” ހުޅުވައިދެއްވާފައެވެ.
ގުޅުންހުރި

ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ސާޖިކަލް ކޭމްޕެއް ފެށިގެން ކުރިޔަށް!

ގޭގެއަށްގޮސް އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށް ޞިއްޙީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ކުރިޔަށްގެންދިޔުމަށް މަޝްވަރާކޮށްފި
