
Raju_Srivastava_2022-8-19-4-1-50_thumbnail_2022-9-21-5-22-48_thumbnail_2022-9-21-11-37-6_thumbnail
ބޮލީވުޑްގެ ބައެއް ފިލްމްތަކުގައި ކޮމީޑިއަން އެއް ރޯލުން ފެނިގެން ދިޔަ މަޝްހޫރު ކޮމީޑިއަން، ރާޖޫ ސްރިވާސްތަވާ މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ މަރުވެފައިވަނީ، ހާޓް އެޓޭކެއް ޖެހިގެން އެކަމަށް ފަރުވާ ކުރަމުން ދަނިކޮށް މިމަހުގެ 21 ވަނަ ދުވަހު އެވެ. އޭނާ އަށް ހާޓް އެޓޭކެއް ޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު، ޖިމްގައި ކަސްރަތުކުރަން ހުއްޓާ ކަމަށް ވެއެވެ.
ރާޖޫ މަރުވީ ދިއްލީގެ އެއިމްސް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. ރާޖޫ ސުރިވާސްތަވާއަކީ ބޮލީވުޑުގެ ގިނަ ފިލުމު ތަކެއްގައި މަޖާ ރޯލުތަކުން ފެނިފައިވާ އަދި މަޖާ ޝޯތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ.
އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި މޭނޭ ޕިޔާރު ކިޔާ، ބާޒިގަރު، ބޮމްބޭ ޓޫ ގޯއާ އަދި އާމްދަނީ އަރްޗައްނީ، ކަރްޗާ ރުޕައްޔާ ފަދަ މަޝްހޫރުވި ފިލްމްތައް ހިމެނެއެވެ.
ފިލްމީ ދާއިރާގެ އިތުރުން އޭނާ އަކީ ސިޔާސީ ހަޔާތެއްވެސް ހޭދަ ކުރި މީހެކެވެ. އެގޮތުން މިހާރު އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ބައެއް އިސް މަގާމުތަކުގައި އޭނާ ވަނީ ހަރަކާތްތެރިވެފައެވެ.