ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ ލޫން ޕްރޮޖެކްޓް ހުއްޓާލައިފިއެވެ.
ލޫންގެ ސީއީއޯ އެލެސްޓަރ ވެސްޓްގާރތް ބުނި ގޮތުގައި ދިގު މުއްދަތަކަށް، ހެޔޮ އަގެއްގައި މި މަސައްކަތް ކުރިއަށް ގެންދާނެ ހަރުދަނާ ގޮތެއް އެ މީހުންނަށް ހޯދިފައި ނުވެއެވެ. އަދި މި ޕްރޮޖެކްޓަކީ ވަރަށް ގޮންޖެހުން ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ހަރުދަނާ ގޮތެއް ނުފެނިގެން ހުއްޓާލަން ޖެހުނު އިރު ލޫން އިން ވަނީ ހާއްސަގޮތެއްގައި ކެންޔާ ސަރުކާރާ ގުޅިގެން އެފްރިކާގެ ގައުމުތަކަށް ލިބޭ އިންޓަރނެޓްގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ޖައްވުގެ ތެރެއަށް ބޮޑެތި ބެލޫންތަކެއް ފޮނުވާފައެވެ. ލޫން ޕްރޮޖެކްޓް މެދުވެރިކޮށް ދެވޭ އިންޓަރނެޓް ބޭނުންކޮށްގެން ކެންޔާ ރައްޔިތުން ފޯން ކޯލާއި، ވީޑިއޯ ކޯލްގެ އިތުރުން ޔޫޓިއުބާއި ވަޓްސްއެޕް ފަދަ ޚިދުމަތްތައް އެއްވެސް ލަސްކަމެއްނެތި ބޭނުންކުރަމުން ދިޔަކަމަށް ލޫންއިން ވަނީ ބުނެފައެވެ.
ލޫން އިން މި ޕްރޮޖެކްޓް ކުރިއަށްގެންދިޔައީ ޖައްވަށް ބެލޫން ތަކެއް ފޮނުވައިގެންނެވެ. އެގޮތުން 20 ކިލޯމީޓަރު މަތީގައި ބޭސް ސްޓޭޝަނެއްގެ ގޮތުގައި މި ބެލޫންތައް ތިބޭ އިރު މީގެ ސްޓޭޝަނެއް ބިންމަތީގައި ޤާއިމް ކޮށްފައިހުންން ގޭސް ސްޓޭޝަނަކަށްވުރެ 200 ގުނަ ބޮޑެވެ.
ގޫގްލްގެ ސަބްސިޑަރީއެއް ކަމަށްވާ އަލްފަބެޓް އިންކޯޕަރޭޝަނުން މި ޕްރޮޖެކް ފަށާފައިވަނީ 2011 ވަނަ އަހަރުގައެވެ. އޭގެ 10 އަހަރު ފަހުން މި ޕްރޮޖެކްޓް ހުއްޓާލިއިރު މިއީ ވަރަށް ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ.