logoEN
ޕީއެންސީ 2
އައިޖީއެމްއެޗްގައި ކިޑްނީ ތޮރުފައިގެން ހިލަ ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއް

އައިޖީއެމްއެޗްގައި ކިޑްނީ ތޮރުފައިގެން ހިލަ ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއް

އަލްފާ އަލީ

logo

9/20/2022, 6:40:18 PM

# އައިޖީއެމްއެޗް

24B54800-FF27-4046-A9B7-A3B07DBF9648

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކިޑްނީ ތޮރުފައިގެން ހިލަތަކެއް ނަގައިފިއެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ އައިޖީއެމްއެޗްގައެވެ.

ޝަރީ 2024

ސަރުކާރުގެ މައި ހޮސްޕިޓަލް އަދި އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޑޮކްޓަރުންގެ އެ ޓީމުން ކިޑްނީ ތޮރުފައިގެން ކުރާ ހިލަ ނެގުމުގެ ބޮޑު އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. އޮޕަރޭޝަން ކުރުމުގައި ބައިވެރިވީ އެ ހޮސްޕިޓަލްގެ ޔޫރޮލޮޖީގެ ދިވެހި ޑޮކްޓަރުންތަކެއް ކަމަށްވާ ޑރ. އަބްދުﷲ އަދްސަރު އާއި ޑރ. އިބްރާހިމް މިސްބާހެވެ.

މި އޮޕަރޭޝަނަކީ ދިވެހި ޑޮކްޓަރުންގެ ޓީމެއް އަލަށް ރާއްޖޭގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔަ ފުރަތަމަ އޮޕަރޭޝަން ކަމަށް ވެސް އައިޖީއެމްއެޗްގެ ޓުވީޓުގައި ބުނެފައިވެއެވެ.

އައިޖީއެމްއެޗް އިން ވަނީ މި އޮޕަރޭޝަންގައި ބައިވެރިވި ޓީމުގައި ހިމެނޭ އެންމެންގެ ފޮޓޯ އާންމުކޮށްފައެވެ. އަދި އޮޕަރޭޝަން ކުރަނިކޮށް ނަގާފައިވާ ފޮޓޯ އާއި ހިލަކޮޅުތަކުގެ ފޮޓޯތައް ވެސް އާންމު ކުރިއެވެ. ފޮޓޯ އިން ފެންނަ ގޮތުގައި ކިޑްނީން 15 ވަރަކަށް ކުދި ހިލަކޮޅު ނަގާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ