
އައިޖީއެމްއެޗްއާއި ގުޅިގެން ކޭއާރްއެޗްއިން ކުޅުދުއްފުށީގައި ސާޖަރީ ކޭމްޕެއް ބާއްވަނީ
# ކުޅުދުއްފުށި ސިޓީ# އައިޖީއެމްއެޗް--
ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްއާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ގުޅިގެން ކުޅުދުއްފުށީގައި ސާޖަރީ ކޭމްޕެއް ބޭއްވުމަށް ނިންމައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނީ އައިޖީއެމް ހޮސްޕިޓަލާއި ގުޅިގެން ސާޖަރީ ކޭމްޕެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެގޮތުން މި ކޭމްޕުގައި ލެޕަރޮސްކޯޕިކް ސާރޖަރީ ( ބަނޑުފަޅާލުމަކާނުލައި ކުޑަ ލޯވަޅުތަކެއް އަޅައިގެން ކުރެވޭ އޮޕަރޭޝަން ) އަދި ޕްލާސްޓިކް ސާރޖަރީގެ އޮޕަރޭޝަންތައް ކުރުމަށްވަނީ ހަމަޖެހިފައި ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.
މި ކޭމްޕުގައި އޮފަރޭޝަންތައް ކުރެއްވުމަށް ހަމަޖެހިފައިވަނީ ތަޖުރިބާހުރި ޑޮކްޓަރުން ކަމުގައިވާ އައިޖީއެމްއެޗްގެ އެކްޓިންގ މެޑިކަލް ޑިރެކްޓަރ ، ޑިޕާރޓްމެންޓް އޮފް ސާޖަރީގެ ހެޑް އަދި ޕްލާސްޓިކް ސާރޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުޙައްމަދު ވަޙީދު އަދި ލެޕަރޮސްކޯޕިކް ސާރޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، އަދި އައިޖީއެމްއެޗް ގެ ޖެނެރަލް ސާރޖަރީ ޔުނިޓްގެ ހެޑް ޑރ. އަބްދުﷲ އުބައިދުއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ ސާޖަރީތައް ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރުންނަށް ދައްކަވައި ޖާގަ ކަށަވަރުކުރައްވަމުން ގެންދެވުމަށް އެދޭ ކަމަށެވެ.
ގުޅުންހުރި

ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ލިބޭނެ ގޮތް ހެދުމަށް އައިޖީއެމްއެޗުން އައިނު ވިޔަފާރިއަށް ވަންނަނީ

ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރާ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި
.jpg&w=3840&q=75)
އެންއައިސީޔޫގެ ތެރެއިން އެމްޑީއާރްރޯގެ ކޭސްތަކެއް: މިހާރު ކޮންޓްރޯލް ކުރެވިއްޖެ - އައިޖީއެމްއެޗް
