logoEN
cocacola
އެމްޓީސީސީގެ "ބޮޑު ޖައްރާފާ"ގެ ފުރަތަމަ މަޝްރޫއަކަށް ދާންދޫ ބިންހިއްކުން

އެމްޓީސީސީގެ "ބޮޑު ޖައްރާފާ"ގެ ފުރަތަމަ މަޝްރޫއަކަށް ދާންދޫ ބިންހިއްކުން

އައިޝަތު އިފާޝާ

logo

9/19/2022, 1:01:52 AM

# ގއ.ދާންދޫ# އެމްޓީސީސީ

Fc9f1_naMAEnEsK

އެމްޓީސީސީގެ އައު ޑްރެޖަރ ބޮޑު ޖައްރާފު ރަސްމީކޮށް އިފްތިތާޙް ކުރުމާއި، ގއ ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ގޮސިޔާ

ގއ. ދާންދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޞިލް މުޙައްމަދު އަސްލަމާއި، ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޔަޢުޤޫބް ޢަބްދުالله އާއި ދާންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އާސިފުއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމޭއިރު، މިހާރު ދާންދޫގައި އޮތްވަރުގެ ޖާގައިގެ ބިމެއް އެރަށަށް އިތުރު ކުރެވިގެންދާނެއެވެ. އަދި މިހާރުގެ ދާންދުއާ، އަލަށް މި ހިއްކާ ބިން، ބްރިޖަކުން ގުޅާލެވިގެން ދާއިރު، މި އައު ބިން، ވެގެންދާނީ، ޒަމާނީ ދާންދޫގެ އާޙަޔާތެއްގެ ފެށުމަށެވެ. މަޝްރޫޢު ނިމިގެންދާއިރު، ރައްޔިތުން މޫދަށް އެރި، ހިތް އުފާކޮށްލާނެ އަތިރިމަތިތައް ލެވިގެންދާނެއެވެ.

View post on Twitter

ދާންދޫގެ ބިން ހިއްކުމަށްޓަކައި ބޭނުންކުރެވޭނީ ބޮޑު ޖައްރާފެވެ. މިއީ މި ޖައްރާފު ބޭނުންކޮށްގެން ހިންގޭ ތަރައްޤީގެ އެންމެ ފުރަތަމަ މަޝްރޫޢެވެ. ބޮޑު ޖައްރާފު އެމްޓީސީސީގެ ފްލީޓްގައި ހިމެނުމާއެކު، އެމްޓީސީސީވަނީ މި ސަރަޙައްދުގައި ޑްރެޖިންގ ދާއިރާގެ އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ކުންފުންޏަށްވެފައެވެ.

ބޮޑު ޖައްރާފު ބޭނުންކޮށްގެން ހިންގޭ ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، 000,975 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 807 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 555 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 64.186 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ