
Nora-Fatehi-1-1200x
އިންޑިއާ ފުލުހުން ތަހުގީގުކުރަމުންދާ ފައިސާގެ މައްސަލައެއްގައި، ބޮލީވުޑްގެ މަޝްހޫރު ތަރި ނޯރާ ފަތޭހީ ފުލުހަށް ހާޒިރުކޮށް 6 ގަޑިއިރުވަންދެން ސުވާލުކޮށްފިއެވެ.

ނޯރާއާ ސުވާލުކޮށްފައިވަނީ އިންޑިއާ ޖަލުގައި ހުރި ސުކޭޝް ޗަންދްރަޝޭކަރްއާ ގުޅުން ހުރި 200 ކްރޯޑު ރުޕީސްގެ މައްސަލައަކާ ގުޅިގެންނެވެ. ސުކޭޝް ވަނީ ނޯރާއަށް ބީއެމްޑަބްލިއު ކާރަކާއި އެހެނިހެން އަގުބޮޑު ހަދިޔާތައްވެސް ދީފައެވެ.
މިއީ މި މައްސަލާގައި ނޯރާ ފަތޭހީގެ ދައުރު އޮތީ ކިހާ މިންވަރަކަށްތޯ ބެލުމަށް ދިއްލީ ފުލުހުން އޭނާ ހާޒިރުކުރި ދެވަނަ ފަހަރެވެ. މިމައްސަލާގައ ނޯރާ ފަތޭހީގެ އިތުރުން ޖެކަލިން ފެރްނާންޑޭޒްއާވެސް ވަނީ ސުވާލުކޮށްފައެވެ.
ސުކޭޝް ވަނީ ބޮލީވުޑްގެ ތަރިންނަށް އަގުބޮޑު ހަދިޔާތައް ދީފައެވެ. އެ މައްސަލަ ދިއްލީ ފުލުހުން ދަނީ ބަލަމުންނެވެ. ނޯރާއާ ސުވާލު ކުރަން ހާޒިރު ކޮށްފައި ވަނީ އެ މައްސަލައިގައެވެ.