logoEN
ޕީއެންސީ 2
ދެމަފިރިއެއްގެ ޖިންސީ ގުޅުން ދުޅަހެޔޮ ކުރުމަށް ބޭނުންކުރެވިދާނެ ބައެއް ކާނާ

ދެމަފިރިއެއްގެ ޖިންސީ ގުޅުން ދުޅަހެޔޮ ކުރުމަށް ބޭނުންކުރެވިދާނެ ބައެއް ކާނާ

އައިޝަތު އިފާޝާ

logo

9/14/2022, 8:34:59 PM

# ސިއްޙަތު

a couple hold each other's hands in the background of the sunset

ކެއުމުގައި ބޭނުން ކުރާ ބައެއް އާންމު ކާނާ ތަކަކީ އޭގެ ސަބަބުން މާ ބޮޑު ފައިދާއެއް އޮތް ކަމަށް ތިބާއަށް އިހްސާސް ނުކުރެވުނު ނަމަވެސް އޭގެ ސަބަބުން އެތަކެއް ފައިދާއެއް ލިބިދޭ އެއްޗެކެވެ. އެގޮތުން މި ލިޔުމުގައި މި ހިމަނާލަނީ ތިބާގެ ބައިވެރިޔާއާއެކު ޖިންސީ ގުޅުން ދުޅަހެޔޮ ކުރުމަށް ބޭނުން ކުރެވިދާނެ ބައެއް ބާވަތްތަކުގެ ކާނާއެވެ.

ޝަރީ 2024

އޮލިވް އޮއިލްއާއި އަލްމަންޑް

އޮލިވް އޮއިލް އާއި އަލްމަންޑަކީ ޖިންސީ އެދުން ވަރުގަދަވުމާއި ފާޓިލިޓީ އިތުރު ކޮށްދޭ މާއްދާތަކެއް އޭގައި އެކުލެވޭ އެއްޗެކެވެ. ގްރީން އޮލިވްސް އިން ފިރިހެނުންގެ ޖިންސީ އެދުން ވަރުގަދަކޮށް ޖިންސީ ގުޅުން ދުޅަހެޔޮ ކޮށްދިނުމަށް އެހީތެރިވެދޭއިރު، ބްލެކް އޮލިވްސް އިން އަންހެނުންގެ ޖިންސީ ގުޅުން ވަރުގަދަކޮށްދެއެވެ.

ފިޔާ

ފިޔާ ކެއުމުން އަނގައިން ނުބައިވަސް ދުވުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް، އެއީ ތިބާގެ ޖިންސީ ގުޅުން ވަރުގަދަ ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެގޮތުން ކުޑަ ފިޔާކޮޅެއް ކުދިކޮށް ކޮށާލުމަށްފަހު ބަޓަރު އަޅާފައި ކުޑަކޮށް ފިހެލާށެވެ. މިއީ ހުސްބަނޑާހުރެ ކޮންމެ ދުވަހަކުވެސް ބޭނުންކުރާ ނަމަ ޖިންސީގުޅުން ވަރުގަދަކޮށްދޭ އެއްޗެކެވެ.

އޮރެންޖް

އޮރެންޖާއި ލުނބޯއަކީ އޭގައި އެންޓި އޮކްސިޑެންޓް ހުންނަ އެއްޗެކެވެ. އެއީ ޖިންސީ ގުނަވަންތައް ރައްކާތެރިކޮށްދީ، އޮމާންކޮށް މަސައްކަތް ކުރުން މަތީ ބެހެއްޓުމަށާއި، ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭ އެއްޗެކެވެ.

ދޮންކެޔޮ

ގަވައިދުން ދޮންކެޔޮ ކައި އުޅޭނަމަ ޖިންސީ އެދުންވެރިކަން އިތުރުކޮށްދެއެވެ. އެއީ އޭގައި ފިރިހެން ލިބިޑޯ ސްޓިމިއުލޭޓް ކޮށްދޭ އެންޒައިމެއް ކަމަށްވާ ބްރޮމެލިން ކިޔާ ބާވަތެއް ހިމެނޭތީއެވެ. އަދި އެއީ ޕޮޓޭސިއަމް އަދި ބީ ވިޓަމިންސް އިން މުއްސަނދި އެއްޗެކެވެ. އަދި އެއީ ޓެސްޓޮސްޓެރޯން އުފެއްދުމަށް ވަރަށް ރަނގަޅު އެއްޗެކެވެ.

ބަދަން

ބަދަނުގެ އެކި ބާވަތްތަކަކީ އޭގައި ޖިންސީ ދިރިއުޅުން އިތުރަށް ބޫސްޓް ކުރުމަށް ބޭނުންވާ ހުރިހާ ޒިންކެއް ހުންނަ ބާވަތެކެވެ. ޒިންކް ލެވެލް ހަށިގަނޑުގައި ދަށްވުމަކީ އަންހެނުންގެ ޖިންސީ އެދުންވެރިކަން ކުޑަކޮށް އަދި ފިރިހެނުންގެ ސްޕާމް ކައުންޓް ދަށްކޮށްދޭ ކަމެކެވެ. ޒިންކްގެ ސަބަބުން ސެކްސް ހޯމޯންތައް އުފައްދައިދެއެވެ. އެހެންކަމުން ބަދަނަކީ ޖިންސީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ބާވަތެކެވެ.

ސޯޔާ ބީން

ސޯޔާބީންގެ ބާވަތްތަކުގައި އަންހެން ހޯމޯން އެސްޓްރޯޖެންއާ އެއްގޮތް ކެމިކަލްތަކެއް އެކުލެވިގެންވެއެވެ. އަދި ޓިއުމަރު ހެދިބޮޑުވުން ހުއްޓުވައިދީ ޕްރޮސްޓޭޓް އަދި އެހެނިހެން ކެންސަރުތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

ކަނދުރު

ބުނެވޭ ގޮތުގައި ކަނދުރު އާންމުކޮށް ބޭނުން ކުރުމަކީ މެދުއިރުމަތީގެ ފިރިހެނުންގެ ތަނަވަސް ޖިންސީ ގުޅުމުގެ ފަހަތުގައި ވާ ސިއްރެވެ. ޖިންސީގުޅުމަށް ބޫސްޓާއެއް ހޯދަން ބޭނުން ނަމަ މާމުޔާއި ކަނދުރާއި އެއްކޮށް ގިރާލާށެވެ. މިއީ ދަރިމައިވުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ