
Kartik-Aaryan-bags-Best-Actor-award-for-Dhamaka-says-honored-and-grateful-1
ނެޓްފްލިކްސްގައި މިދިޔަ އަހަރު ނެރުނު "ދަމާކާ" ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔަ ކާރްތިކް އާރްޔަން އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިއްޖެ އެވެ.

އޭނާއަށް އެ އެވޯޑު ލިބިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެވޯޑު ހަފްލާއެއްގައެވެ. ނަމަވެސް އެއީ ކޮން އެވޯޑު ހަފްލާއެއް ކަމެއް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް އޭނާ ވަނީ އެ އެވޯޑު ލިބުމުން އެވޯޑާއެކު ސެލްފީއެއް ނަގައި މީސްމީޑިއާއަށް ލާފައެވެ. އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި އޮތީ "ބެސްޓް އެކްޓަރ - ދަމާކާ" މިހެންނެވެ.
ބޮލީވުޑްގެ ފިލްމްތަކުން މީގެ ކުރިންވެސް ފެނިފައިވާ ކާރްތިކް އޭނާގެ ފިލްމީ ހަޔާތް ފެށީ 2011 ވަނަ އަހަރު ނެރުނު "ޕިޔާރުކާ ޕޫޗްނާމާ" ފިލްމުންނެވެ. އެއަށްފަހު 2013 ވަނަ އަހަރު "ކާންޗީ - ދަ އަންބްރޭކެބަލް" ފިލްމުންވެސް އޭނާ ފެނިގެން ދިޔަ އެވެ. ނަމަވެސް މި ދެ ފިލްމުންވެސް އޭނާގެ ކެރިއަރަށް މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވެއެވެ. އޭނާގެ ކެރިއަރަށް ކުރިއެރުން ލިބެން ފެށީ 2015 ވަނަ އަހަރު ނެރުނު "ޕިޔާރުކާ ޕޫޗްނާމާ 2" ފިލްމާއި "ސޯނޫ ކީ ޓީޓޫކީ ސްވީޓީ" ފިލްމު ނެރުނު ހިސާބުންނެވެ.
އެއަށްފަހު ދާދި ފަހުން ނެޓްފިލްކްސްގައި ނެރުނު "ބޫލްބުލައްޔާ 2" އިންވެސް އޭނާގެ ކެރިއަރަށް އިތުރު ބޫސްޓެއް ލިބި، އިތުރު ފިލްމްތަކުގެ ކޮންޓްރެކްޓްތައް ވަނީ ލިިބިފައެވެ.