logoEN
cocacola
ކަސްރަތު ކުރާއިރު އެންމެ ރަނގަޅުގޮތަކީ އޭސީގައި ކަސްރަތު ކުރުން ހެއްޔެވެ؟

ކަސްރަތު ކުރާއިރު އެންމެ ރަނގަޅުގޮތަކީ އޭސީގައި ކަސްރަތު ކުރުން ހެއްޔެވެ؟

ގާފު އެޑިޓޯރިއަލް

logo

1/21/2021, 11:44:18 AM

# މައުލޫމާތު# ސިއްހަތު# adhi

l

ކަސްރަތު ކުރުމަށް އާ ޖިމަކާއި ގުޅޭނަމަ، ބަލާނީ ކޮންކޮން ކަމެއް ހެއްޔެވެ؟ މިގޮތުން ކަސްރަތު ކުރުމަށް ބޭނުންވާ ސާމާނު ހުރި މިންވަރުތޯ؟ ޖިމަށް ދާންޖެހޭ ގަޑި ހެއްޔެވެ؟ ނުވަތަ ޖިމަށް ދައްކަންޖެހޭ ފީގެ މިންވަރު ހެއްޔެވެ؟ މިހުރިހާ ސުވާލުގެ ބަދަލުގައި ކަސްރަތު ކުރުމަށް އަލަށް ޖިމަކާއި ގުޅޭ ގިނަބަޔަކު ކުރާ އެހެން ސުވާލެއް އޮވެއެވެ. އެސުވާލަކީ ޖިމް ހުންނަނީ އޭސީ ކޮށްފައި ހެއްޔެވެ؟ ގިނަ ފަހަރަށް މިސުވާލު ކުރެވެނީ ކަސްރަތު ކުރުމުން ވަރަށް ބޮޑަށް ދާހިއްލާ ފޯވެއެވެ. މިއީ ގިނަ ބަޔަކަށް އެހާ ގަޔާވާ ކަމެއްނޫނެވެ. އަޅުގަނޑުމެންގެ ގައުމުގެ ފިނިހޫނުމިން ހުންނަގޮތުން އެއާކޯނާ ނުލައި ކަސްރަތުކުރުމަކީ ދަތި އުނދަގޫ ކަމެކެވެ.

ގޮސިޔާ

ޖިމެއްގައި ނުވަތަ އެނޫންވެސް ތަނެއްގައި ކަސްރަތު ކުރާއިރު އެންމެ ރަނގަޅުގޮތަކީ ނުވަތަ މަންފާ ބޮޑުގޮތަކީ އޭސީ ޖައްސައިގެން އޭސީގައި ކަސްރަތު ކުރުން ހެއްޔެވެ؟

އޭސީ ޖައްސައިގެން އޭސީގައި ކަސްރަތުކުރުމުން ވާގޮތް މިލިޔުމުގައި ހިމަނާލަމެވެ.

ވާމްއަޕްކުރަން އުދަނގޫވުން

undefined

ކަސްރަތު ފެއްޓުމުގެ ކުރިން ހަށިގަނޑު ވާމްއަޕްކުރުން ނުވަތަ ކަސްރަތަށް ތައްޔާރު ވުމަށް ލުއި ކަސްރަތެއް ކޮށްގެން ހަށިގަނޑު ހޫނުކޮށް ކަސްރަތަށް ތައްޔާރުކުރުމުގެ މުހިންމުކަން ކަސްރަތުކުރާ ކޮންމެ ފަރާތެއް ދަނެއެވެ. އެއާކޯން ކޮށްފައި ހުންނަ ތަނެއްގައި، ހަށިގަނޑު ހޫނުކޮށްލަން ގިނަ ކަސްރަތު ކުރަންޖެހި، ގިނަ ވަގުތު ހޭދަކުރަން ޖެހެއެވެ. މިހެންވުމުން ވާގޮތަކީ ކޮބައިހެއްޔެވެ؟ ވާމްއަޕް ކުރުމަށް ގިނަ ވަގުތު ނެގުމުން ވާމްއަޕް ކަސްރަތު ގިނަވެ، އަސްލު ކުރަންޖެހޭ ކަސްރަތަށް ދެވޭ ވަގުތު މަދުވެގެން ދެއެވެ. ކުރިން ގިނަ ކަސްރަތު ކުރަންޖެހުމުން، އަސްލު ކުރަންޖެހޭ މައި ކަސްރަތަށް މާބޮޑު ސްޓެމިނާއެއް ނުހުރެއެވެ. ނަތީއްޖާއެއްގެ ގޮތުން ކަސްރަތުން ލިބެންޖެހޭ ފުރިހަމަ މަންފާ އެންމެ އެދޭވޭގޮތުގައި ލިބިގެން ނުދެއެވެ.

ހަށިގަނޑު އަވަހަށް ފިނިކޮށްލާ

undefined

ކަސްރަތު ކުރުމުގެ މައިގަނޑު ބޭނުމަކީ ހަށިގަނޑު ހޫނުކޮށްލުމެވެ. މިއީ ހަށިގަނޑަށް ބޭނުން ނުވާ ކެލޮރީ އާއި ސަރުނބި އަންދާލެވޭ ހަމައެކަނި ގޮތްވެސް މެއެވެ. ނަމަވެސް އެއާކޯން ކޮށްފައި ހުންނަތަނެއްގައި ކަސްރަތުކުރުމުން، ހަށިގަނޑުގައި ކަސްރަތުން ހަށިގަނޑަށް ލިއްބައިދޭ ހޫނުކަން ގިނައިރު ނުހުރެ އަވަހަށް ހަށިގަނޑު ފިނިކޮށްލައެވެ. މީގެ ސަބަބުން ވާގޮތް އެނގޭ ހެއްޔެވެ؟. ހަށިގަނޑު އަވަހަށް ފިނިވުމުގެ ސަބަބުން ގިނަވަގުތަށް ކަސްރަތު ކުރިނަމަވެސް، ހަށިގަނޑުން އަނދައިގެން ދާނީ މަދު ކެލޮރީއެކެވެ.

ކަސްރަތު ކުރާއިރު، ބަލިފިލުވަން ދެސެޓް ދޭތެރޭގައި ކުޑަ ހުސްވަގުތުކޮޅެއް ނެގުމުން، އެސީގެ ފިނިން ހަށިގަނޑު ފިނިކޮށްލައެވެ. އަލުން އަނބުރާ ކަސްރަތު ކުރަން ފެއްޓުމުން ކުރާ ކަސްރަތުގެ ބޮޑުބައެއް ބޭނުން ކުރެވެނީ ހަށިގަނޑު އަލުން ވާމްއަޕް ކުރުމަށެވެ. މިގޮތުން އަލުން ވާމްއަޕް ވުމަށް އިތުރު ގިނަ ގަސްރަތު ކުރަންޖެހެއެވެ. ކަސްރަތު ގަޑި ނިމޭއިރު، މުޅި މީހާ ވަރުބަލިވާއިރުވެސް، ކުރިކަސްރަތުގެ މާބޮޑު ނަތީއްޖާއެއް ނުނުކުމެވެ. އުންމީދު ކުރާ ގޮތާއި ޚިލާފަށް ހަށިގަނޑުން އަނދައިގެން ދަނީ މަދު ކެލޮރީ ކޮޅެކެވެ. ކަސްރަތު ގިނައިން ކުރިނަމަވެސް ނަތީއްޖާއެއް ނުފެނުމުގެ ސަބަބުތަކުގެ ތެރޭގައި މިކަން ހިމެނެއެވެ.

ހަށިގަނޑުން ވިހަ ބޭރު ނުވޭ

ކަސްރަތުން ހަށިގަނޑަށް ލިއްބައިދޭ އެންމެ މުހިންމު އެއް ފައިދާގެ ތެރޭގައި ހަށިގަނޑު ޑިޓޮކްސިފައި ވުން ނުވަތަ ހަށިގަނޑުގައި އުފައްދާ ތަފާތު ވިހަތަށް ބޭރުވެ، އެންމެ ރަނގަޅު ހާލަތަށް ރުޖޫޢަވުން ހިމެނެއެވެ. ހަށިގަނޑުގައި އުފައްދާ ބޭނުން ނޫތް ބާވަތްތައް ހަށިގަނޑުން ބޭރުކުރެވިގެންދަނީ ދަލުގެ ގޮތުގައެވެ. ހަށިގަނޑުން ދާހިއްލާ މިންވަރު ގިނަ ނަމަ އެއީ ސިއްހަތު ރަނގަޅު މީހެއްކަމުގައި ވެއެވެ. ގިނައިން ހަށިގަނޑުން ދާއޮހުރުނު ވަރަކަށް ހަށިގަނޑުން ވިހަ މާއްދާތައް ބޭރުވެ، ހަށިގަނޑު ސާފުވެގެން ދެއެވެ. ދާއޮހުރުވައިގެން ކުރާ މަސައްކަތުގެ ނަތީޖާ ފޮނިވާނެކަމަށް ވަނީ މިހެންވެ ކަމުގައި ވުން އެކަށީގެންވެއެވެ. ނަމަވެސް، އެއާކޯން ތަނެއްގައި ހުންނަ މީހެއްގެ ހަށުގަނޑުން އެންމެ ދާ ތިތްކެއްވެސް އޮހޮރޭނެހެން ހިއެއް ނުވެއެވެ. މިގޮތުން އެއާކޯން ތަނެއްގައި ކަސްރަތުކުރާ މީހެއްގެ ގައިންވެސް އޮހޮރޭނީ މަދަ ދަލެކެވެ. ނަތީއްޖާއެއްގެ ގޮތުން ކަސްރަތު ކުރި ނަމަވެސް، ހަށިގަނޑުން ވިހަ ބޭރުވާނީ ވަރަށް މަދުންނެވެ.

ކާޑިއޯ ވޯކްއައުޓަށް ރަނގަޅެއް ނޫން

undefined

ކާޑިއޯ ވޯކްއައުޓުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކާޑިއޯ ވޯކްއައުޓުން ހިތުގެ ވިންދު އަވަސްކުރުވައެވެ. މީގެ ސަބަބުން ހަށިގަނޑު ހޫނުކޮށްދީ ގިނައަދަދެއްގެ ކެލޮރީސް އަންދާލައެވެ. މިފަދަ ކަސްރަތެއް ކުރިޔަށް ގެންދާއިރު، ހިތުގެ ވިންދު ބޭނުން މިންވަރަކަށް ގެންގޮސް ހޫނު ހަށިގަނޑުގައި އުފެއްދުމަށް ރަނގަޅީ އާންމު ފިނިހޫނުމިނެވެ. އަދި ހަމަ މިގޮތުން، ފިނިކޮޓަރިއެއްގައި، ހަށިގަނޑުން ކެލޯރީސް އަންދާލެވޭ ވަރުގެ ހޫނެއް ކަސްރަތުން ނުއުފެއްދެއެވެ. އެއާކޯން ކޮށްފައި ހުންނަ ޖިމްތަކުގައި ކަސްރަތުކުރުމުން، ހަށިގަނޑުގެ މަސްތަކަށް ތަފާތު ތަނދު އަރައި، މަސަލް ޓިއަރ ފަދަ ގެއްލުންތަށް ކަސްރަތު ކުރާ ފަރާތްތަކަށް ލިބިގެން ދެއެވެ.

އަވަހަށް އަރިދަފުސް އަޅައި ރޯގާ ޖެހޭ

ގިނަ ވަގުތު ކަސްރަތު ކުރުމަށްފަހު ވަރުބަލި ފިލުވާލުމަށް ދެ ސެޓް ދޭތެރޭގައި ކޮންމެވެސް ވަރެއްގެ ހުސްވަގުތުކޮޅެއް ކަސްރަތުކުރާ ފަރާތްތަށް ނަގައެވެ. އެއާކޯން ޖިމެއްގައި ކަސްރަތު ކުރާނަމަ، މިނަގާ ބްރޭކްގައި ނުވަތަ ހުސްވަގުތުކޮޅުގައި، ހަށިގަނޑު ފިނިކޮށް، ހަށިގަނޑުން ބޭރުވެފައި ހުންނަ ދާ ވަގުތުން ހިއްކާލައެވެ. މީގެ ސަބަބުން އަރިދަފުސް އަޅައިގަތުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ.

އަދި މީގެ އިތުރުބް، މިގޮތަށް ނަގާ ބްރޭކްތަކުގައި އޭސީގެ ފިނިން، ހަށިގަނޑު އަވަހަށް ފިނިވެފައި، އަނެއްކާ ކަސްރަތު ފެއްޓުމުން އަލުން ހަށިގަނޑު ހޫނުވެ، މިފަދަ އަވަސް ބަދަލުތަށް އައުމުން ހިތުގެ މައްސަލަތަށް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެ، ލޭގެ ޕްރެޝަރ މައްސަލަތަށް ކުރިމަތިވެއެވެ.

އެއާކޯން ކުރެވިފައިވާ ޖިމެއްގައި ކަސްރަތު ކުރާނަމަ، ކަސްރަތުގެ ފައިދާ ހޯދަން ބޭނުންނަމަ، ގިނަވަގުތު ކަސްރަތު ކުރަންޖެހެއެވެ. އަދި ކަސްރަތުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ހޯދުމަށް، ކަސްރަތު ކުރާވަގުތު އޭސީ ނިއްވާލުން ބުއްދިވެރިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ