އެމްޑަބްލިއުއެސްސީގެ އައު ލޯގޯ އިފްތިތާހް ކޮށްފި

އެމްޑަބްލިއުއެސްސީއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އައު ލޯގޯއެއް އިފްތިތާހުކޮށްފި އެވެ.

ކުންފުންޏަށް 25 އަހަރު ފުރުމާ ގުޅިގެން މިއަދު މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެން ކުންފުނީގެ އައު ލޯގޯ އިފްތިތާހުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.

ކުރިން ބޭނުން ކުރަމުންދިޔަ ލޯގޯގެ ބައްޓަމާއި ސިފަތަކުގެ އަސްލު ނުގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ އައު ލޯގޯ އިފްތިތާހު ކޮށްދެއްވަމުން ޝާހު ވިދާޅުވީ މިއަދު އެ ކުންފުނީގެ ލޯގޯއަށް މި ގެނައި ބަދަލަކީ ކުންފުންޏަށް އައިސްފައިވާ ހެޔޮ ބަދަލާއި ޒަމާނީ ކުރިއެރުންތަކަށް ޒަމާނީ ކުލަ ޖެހިގެން އައި ގޮތް ރަމްޒުކޮށްދޭ ލޯގޯއެއް ކަމަށެވެ.

އޭޕްރީލް 1، 1995ގައި އުފެއްދި އެމްޑަބްލިއުއެސްސީއަކީ ދިވެހި ސަރުކާރުގެ 80 ޕަސެންޓް ހިއްސާ އަދި ޖަޕާނުގެ ހިޓާޗީ ކުންފުނީގެ 20 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް