logoEN
ކޮކާކޯލާ
އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ޤާނޫން ތަނެއްނުދޭ : އީސީ ޝަރީފް

އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ޤާނޫން ތަނެއްނުދޭ : އީސީ ޝަރީފް

ހުސައިން އަހްމަދު

logo

1/19/2021, 11:51:27 AM

EC Shareef

ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ޤާނޫނު ތަން ނުދޭކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަބުޅޯ

ރޭ' ޗެނަލް ނިއުސްގެ "އިތުރުކާފު" ޕްރޮގުރާމުގައި ވާހަކަދައްކަމުން ޝަރީފް އިތުރަށް ވިދާޅުވީ މިކަހަލަ ހާލަތެއް މީގެ ކުރިން ދިމާވެފައި ނެތް ކަމަށާއި މިކަމާއި ގުޅިގެން ކޯޓަށް މައްސަލަ ހުށެހެޅި ފަރާތުން އެންމެ ފަހުން ބޭއްވި އިންތިހާބުގައި މުއްދަތު އިތުރުކޮށް ފުރުސަތު ހުޅުވާލި ކަމަށް ބުނިނަމަވެސް ކުރިން އެ ފުރުސަތު ދީފައިވާނީ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުމުގެ ކުރިން ކަމަށެވެ. މިހާލަތުގައި އެކަން ތަފާތު ކަމަށާއި މިހާލަތާއި އާންމު ހާލަތާއި ތަފާތެއް ނެތްކަމަށް ޝަރީފް އިތުރަށް ވިދާޅުވިއެވެ.

އެގޮތުން މިސާލު ޖައްސަވައި ޝަރީފް ވިދާޅުވެފައި ވަނީ އިލެކްޝަން ކޮމިޝަން އިން ކެންޑިޑޭޓުންނަށް ކުރިމަތި ލެއްވުމަށް ދޭނީ 20 ދުވަހުގެ މުއްދަތެއްކަމަށާއި އެ 20 ދުވަހުގެ މުއްދަތް ނީމޭ އިރުގައި އިންތިޚާބު ބޭއްވުމާއި ދޭތެރޭގައި ގާތްގަނޑަކަށް ދޮޅުމަސްދުވަހުގެ މުއްދަތެއް އިންނަކަމަށެވެ. އެ ދޮޅުމަސް ދުވަސްތެރޭ 18 އަހަރު ފުރޭ ކުދިއްނަށް ފުރުސަތު ނުދޭންވީ ކީވެގެންތޯ ސުވާލު ކުރެއްވުވުމުން އޭރުވެސް އާންމު ހާލަތުގައި ވެސް އަމަލު ކޮއްފައި އޮތީ އެހެންކަމަށާއި މިހާރު ތަފާތަކީ މިދޭތެރޭދިޔަ މުއްދަތު އިތުރުވެގެން ދިޔަކަން އެކަނި ކަމުގައި ޝަރީފް ފާހަގަ ކުރެއްވިއެވެ.

މުހިންމީ އިލެކްޝަން ކޮމިޝަނުން ބޭނުންވާ ގޮތެއް ނޫންކަމަށާއި ބޭނުންވާ ގޮތަކީ ސަރުކާރަށާއި ސިޔާސީ ފަރާތްތަކަށް އެންމެ ފަހިގޮތަކަށް ނުވެދާނެކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަށް އިލެކްޝަން ކޮމިޝަންއިން އަމަލުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށް ޝަރީފް ވީދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2020 ބާއްވަން އިލެކްޝަން ކޮމިޝަނުން އިޢުލާންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަދުވަހުއެވެ. އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން އޭރު އިޢުލާންކުރީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގައެވެ. ނަމަވެސް ކޮވިޑް- 19 އާއި ގުޅިގެން' ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމާއި ގުޅިގެން' ލޯކަލް ކައުންސިލް އިންތިޚާބު ވަނީ ފަސްކޮށްފައެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ޚާއްސަ ޤާނޫނު 2020 އިސްލާހުކޮށް އިންތިޚާބު އަވަސް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އަންނަނީ ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ