
FbyzQMPaQAE1hQf
ހއ. ތުރާކުނު ފެރީ ހަޓްގެ މަސައްކަތް އެމްޓީސީސީން ނިންމައިފި އެވެ.

ފެރީހަޓްގެ މަސައްކަތް ނިންމާލުމަށްފަހު އެމްޓީސީސީން ބުނީ، އެ ފެރީހަޓަކީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން ޒޯން 1 ގައި ގާއިމް ކުރެވުނު ފެރީ ސްޓޮޕެއް ކަމަށެވެ.
އެ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި، ކިއޮސްކަކާއި، ޔުނިވަރސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ވަނީ ގާއިމްކޮށްފައެވެ.
އާރުޓީއެލް ފެރީގެ ނިޒާމް ފުރިހަމަކުރުމަށްޓަކައި ބައެއް ރަށްރަށުގައި ފެރީ ހަޓް އެޅުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ކޮށްފައެވެ.
އާރުޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަޝްރޫއުގެ ދަށުން ޒޯން 1ގައި ހިމެނޭ ހުރިހާ ރަށަކަށް ހައި ސްޕީޑް ފެރީގެ ހިދުމަތްތައ ވަނީ ފަށާފައެވެ.
ގުޅުންހުރި

ވާދޫ ޖަމާލުއްދީން ސްކޫލުގެ އެކްސްޓެންޝަން މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް މުބީން!

އޯގަސްޓް މަހުގެ ނިޔަލަށް މުޅި ރާއްޖެ އާރުޓީއެލް އިން ގުޅާލެވޭނެ - ރައީސް




