logoEN
Sto top
އަލިފުށި އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރަށް ނިމޭނެ

އަލިފުށި އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރަށް ނިމޭނެ

އައިޝަތު އިފާޝާ

logo

9/4/2022, 8:50:51 AM

# އެމްޓީސީސީ# އަލިފުށި އެއަރޕޯޓް# ރ. އަލިފުށި

meemu-1024x565

ރ.އަލިފުށީގައި ސަރުކާރުން ހަދާ އެއަރޕޯޓްގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމަހަށް ނިންމާލުމަކީ އަމާޒެއްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Wamco

އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަލިފުށީ އެއަރޕޯޓް އަކީ އެ އަތޮޅުގައި ހަދާ 2 ވަނަ އެއަރޕޯޓެވެ.

\އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އަލިފުށީ އެއަރޕޯޓް ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވަމުންދާކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރިއަށް ގެންދިއުމިގައި ބައެއްކަހަލަ ދަތިތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ މަސައްކަތުގެ ސްޕީޑް އަވަސް ކުރުމަށްޓަކައި އިތުރު މެޝިނަރީޒްތައް އެރަށަށް ގެންގޮސް މަސައްކަތް އަވަސް ކުރުމަށް ފިޔަވަޅުއަޅަމުން އަންނަކަމަށެވެ.

ރާއްޖޭގައި މިހާރު އޮތް އެހެން ޑޮމެސްޓިކް ޓާރމިނަލްތަކާ ޚިލާފަށް އަލިފުށީ އެއަރޕޯޓަކީ 1500 މީޓަރުގެ ދިގު ރަންވޭއެއެއް ހެދުމަށް ހަމަޖެހިފައިވާކަމަށާ، ޓާރމިނަލަށްވެސް ކުދިކުދި ބަދަލުތަކެއް އަންނާނެކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

އަލިފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޓީ.ސީ.ސީއާ، ޙަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ އެއް ފަހަރާ މިހާބޮޑު ސްކޯޕެއްގައި ސަރުކާރު ކުންފުންޏަކަށް ޕްރޮޖެކްޓެއް ޙަވާލުކުރި ފުރަތަމަ ފަހަރެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މިމަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ޚިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގ އަކާއި ފަޔަރ ބިލްޑިންގ އެއް އެޅުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside