
ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ދެއްވަދޫއަށް އެހީތެރިކަން ފޯރުކޮށްދީފި
# ޕީޕީއެމް# ޕީއެންސީ# ގއ.ދެއްވަދޫer1wiu4voam-fdd
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ފަރާތުން ފަރާތުން ގއ.ދެއްވަދޫއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެގޮތުން މިއަދު އެ ކޯލިޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ގއ.ދެއްވަދޫ އަށް ހަދިޔާ ކޮށްފައިވަނީ 4،000 ފޭސް މާސްކެވެ.
އިދިކޮޅު ކޯލިޝަނުން އެ ރަށުގެ ރައްޔިތުންނަށް ހަދިޔާކުރި އެ ފޭސްކް މާސްކްތައް ހަވާލުކޮށްދިނީ އެ ރަށުގައި ގާއިމްކޮށްފައިވާ އެ ކޯލިޝަންގެ ސްޓިއަރިން ކޮމިޓީއަށެވެ.
ދެއްވަދޫ ކޮމިޓީއަށް އެ ތަކެތި ހަދިޔާ ކޮށްދިނީ ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އެވެ. އަދި އެ ތަކެއްޗާ ހަވާލުވީ ދެއްވަދޫ ކޮމިޓީގެ ޓްރެޒަރާ ތައުހީދު ސަލީމެވެ.
މިމަހުގެ ހަތް ވަނަ ދުވަހު ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވި މީހަކާ ބައްދަލުވި އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާ ކުރުމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ލިބުމުގައި ދަތިތަކެއް ދިމާވުމުން ހުވަދު އަތޮޅުގެ ރަށްތަކުންނާއި އަދި އެހެނިހެން ފަރާތް ތަކުން އެ ރަށުގެ ރައްޔިތުންނަށް ދީލަތި އެހީ ތަކެއް ވެދެއްވަމުންނެވެ.
ގުޅުންހުރި
.webp&w=3840&q=75)
ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާއެއް މާދަމާ ރޭ!

ޕާޓީގެ ބޭނުމަށް މަޢުލޫމާތުތަކެއް ހޯދުމަށް ބުނެ ދައުރުވަމުންދަނީ ފޭކު މެސެޖުތަކެއް - ޕީއެންސީ

ޕީއެންސީގެ ހިންގުމުން އަބްދުއްރަހީމް ދުރުކޮށް ހިންގުން ފަލާހުއާއި ހަވާލުކުރި ކަމަށްބުނެ ފަތުރަނީ ދޮގެއް - މުއާޒް
