logoEN
ކޮކާކޯލާ
ގާފު އެކްސްކްލޫސިވް – ހުވަދު އަތޮޅުގެ ތަރައްގީއަށް އާރުޑީސީ ކުރަމުން އަންނަ މަސައްކަތްތައް

ގާފު އެކްސްކްލޫސިވް – ހުވަދު އަތޮޅުގެ ތަރައްގީއަށް އާރުޑީސީ ކުރަމުން އަންނަ މަސައްކަތްތައް

އަޙްމަދު ޖަމީލު

logo

1/16/2021, 8:36:47 AM

DSC_9597

ރާއްޖޭގެ ރަށްތަކުގެ މަގުތައް ތަރައްގީކޮށް ބެލެހެއްޓުމަށް ކުރީގެ ސަރުކާރުން އެކުލަވާލި ކުންފުނި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލައި، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަމައްމަދު ސާލިހު އެކުލަވާލި "ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)" ފާހަގަ ކުރެވެނީ ކުޑަ މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެއްގެ ގޮތުގައެވެ.

އަބުޅޯ

ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ މި ކުންފުނީގެ މަގްސަދަކީ ރާއްޖޭގެ ރަށްތަކުގެ މަގުތައް ތަރައްގީކޮށް ބެލެހެއްޓުމެވެ. "ގާފު އެކްސްކްލޫސިވް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އާރުޑީސީގެ މެނޭޖިން ޑައިރެކްޓަރ، މޫސާ އަލިމަނިކު ވަނީ ހުވަދު އަތޮޅުގެ ރަށްރަށުގައި މިވަގުތު ކުރިއަށްދާ މަސައްކަތްތަކާއި މި ހިނގާ 2021 ވަނަ އަހަރުގެ ތެރޭގައި ހުވަދު އަތޮޅުގެ ރަށްރަށުގައި ކުރިއަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާފައެވެ.

ހުވަދު އަތޮޅުގައި މިވަގުތު ކުރިއަށްދާ މަސައްކަތްތައް:

އާރުޑީސީގެ އެމްޑީ، މޫސަ ވިދާޅުވި ގޮތުގައި މިވަގުތު ހުވަދު އަތޮޅުގައި ކުރިއަށްދަނީ މައިގަނޑު ދެ މަޝްރޫއެކެވެ. އެއީ ގދ. ތިނަދޫގައި މިހާރު ކުރިއަށްދާ ލޭންޑްސްކޭޕިން މަޝްރޫއާއި ގދ. ގައްދޫގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތެވެ. މި ދެ މަސައްކަތުގެ ތެރެއިން ތިނަދޫގައި ކުރިއަށްދަނީ އެރަށު ފްލެޓް ސަރަހައްދުގެ ލޭންޑްސްކޭޕިން މަސައްކަތެވެ. އެ މަސައްކަތަކީ 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްދާ މަޝްރޫއެއް ކަމަށްވާއިރު، އެ މަޝްރޫއުގެ އަގަކީ 4.7 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ މާޗް މަހު އެކުންފުންޏަށް އެވޯޑު ކުރެވުނު އެ މަޝްރޫއުގެ މަސައްކަތް ޖުމްލަ 120 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް މީގެ ކުރިން އެކުންފުނިން ވަނީ ބުނެފައެވެ. އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި މީހުން ހިނގުމަށް ޕޭވްމަންޓުތަކާއި އުޅަނދުތައް ޕާކު ކުރުމަށް ޕާކިން ޒޯންވެސް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.ތިނަދޫގެ ހައުސިން ޔުނިޓްތަކުގެ ލޭންޑްސްކޭޕިން މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ގދ. ގައްދޫގައި ފަށާފައިވާ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ދަނީ ހަމަ ބާރަށް ކުރިއަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު 23 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ އެ މަޝްރޫއުގެ ދަށުން އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމާއި މަގުތައް ލެވެލްކޮށް ތާރު އެޅުމުގެ މަސައްކަތް ހިމެނެއެވެ. އޭގެ އިތުރުން، މަގުތަކުގައި ޓްރެފިކް ނިޝާންތައް ގާއިމްކޮށް، ލައިޓް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއު ނިމިގެންދާއިރު، ރަށުގެ ރިންގް ރޯޑު ހިމެނޭހެން ޖުމްލަ 6 މަގެއްގައި 6 ކިލޯމީޓަރަށް ތާރު އެޅި ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވޭނެ އެވެ. ފައްސަތޭކަ ދިހަ ދުވަސް ތެރޭ ނިންމަށް ހަމަޖެހިފައިވާ މި މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައިވަނީ 43 މިލިއަން ރުފިޔާއަށެވެ.

https://www.youtube.com/watch?v=hsEclRXmWx0

މިއަހަރުގެ ތެރޭ ހުވަދު އަތޮޅުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މަސައްކަތްތައް:

މި ހިނގާ 2021 ވަނަ އަހަރު ފެށިގެން ކުރިއަށްދާއިރު ހުވަދު އަތޮޅުގައި ކުރިއަށްދަނީ އެންމެ ދެ މަޝްރޫއު ކަމުގައިވީ ނަމަވެސް މިއަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ހުވަދު އަތޮޅުގައި ފެށުމަށް އާރުޑީސީ އޮތީ ތައްޔާރަށެވެ. އެމްޑީ މޫސާ ވިދާޅުވީ މިއަހަރުގެ ތެރޭގައިވެސް ބޮޑެތި މަޝްރޫއުތަކެއް މި އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ގއ. ވިލިނގިލީގެ މަގުތައް މެއިންޓެއިން ކުރުމާއި ގދ. ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުއްމީދުކޮށްގެން މިތިބީ މި އަތޮޅުގެ ތިނަދޫގެ ސެކަންޑް ފޭސް މަގުތައް ތަރައްގީ ކުރުން އެއީ އަޅުގަނޑުމެން ކުރާނެ މަސައްކަތެއްގެ ގޮތުގައި ދެކިގެން އެ މަޝްވަރާތައް މިވަގުތުވެސް ކުރިއަށް އެބަ ދޭ. ހަމަ އެއާ އެކީގަ ގއ. ވިލިނގިލީގެ މަގުތަކުގެ އާބާތުރަ ފިލުވުން އެއީވެސް މިހާރު މަޝްވަރާގަ އޮތް މަސައްކަތެއް. އެނގިވަޑައިގަންނަވާނެ ފަދައިން ވިލިނގިލީގެ މަގުތަކުގެ ހާލަތު ފުދޭވަރަކަށް ރައްޔިތުންނަށް ތުރާ ޖެހިފަ އޮތީ. އެކަން ފިލުވައިދިނުމުގެ މަޝްވަރާތައް ކުރިއަށް އެބަދޭ. އެގޮތުން ވިލިނގިލީ ކައުންސިލާއި ގއ. އަތޮޅު ކައުންސިލާއެކުވެސް މަޝްވަރާ އެބަ ކުރިއަށްދޭ.،" އާރުޑީސީގެ އެމްޑީ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސާ ވިދާޅުވީ މަގުތަކާ ގުޅުން ހުރި ކަންކަމުގައި އެކި ރަށްރަށުގެ ކައުންސިލްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، މަގުތަކާ ގުޅުން ހުރި ކޮންމެ މަސައްކަތެއްވެސް އެކުންފުނިން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ