logoEN
cocacola
އުސޫލާއި އެއްގޮތަށް ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރަން: ފެނަކަ

އުސޫލާއި އެއްގޮތަށް ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރަން: ފެނަކަ

އަޙްމަދު ޖަމީލު

logo

1/14/2021, 9:55:12 AM

# ފެނަކަ

Fenaka MD

ފެނަކަ ކޯޕަރޭޝަނުގެ އެއްވެސް މަޝްރޫޢެއްގެ ކޮންޓްރެކްޓަރަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދޫނުކޮށް ނޯންނާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ގޮސިޔާ

ފެނަކަ އިން މިހެން ބުނީ އެ ކުންފުނިން ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ތިބި ކޮންޓްރެކްޓަރުންނަށް އެމީހުން ކުރި މަސައްކަތުގެ ފައިސާ ނުދީ ހިފަހައްޓާފައިވާ ކަމަށް ބަޔާންކޮށް 13 ޖެނުއަރީ ގައި އޮންލައިން ނޫސް "ދިޔަރެސް" ގައި ޝާޢިއު ކޮށްފައިވާ ޚަބަރަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެބަޔާނުގައި ފެނަކާއިން ބުނެފައިވަނީ އެ ކުންފުނީގެ ފަރާތުން ހިންގާ މަޝްރޫޢު ތަކުގައި، ކުންފުންޏާއިއެކު ވެވޭ އެއްބަސްވުމަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކެއްގައި، އެފަރާތަކަށް ލިބިދޭންޖެހޭ ފައިސާ އެއްބަސްވުމުގެ ރޫޙާއި އެއް ގޮތްވާގޮތުގެ މަތީން ޢަމަލު ކުރަމުންދާ ކޮންމެ ކޮންޓްރެކްޓަރަކަށް ވެސް އޮންނަ އުޞޫލާއި ހަމަތަކުގެ ތެރެއިން ފައިސާ ދޫކުރަމުންދާ ކަމަށް ފެނަކަ އިން ބުނެއެވެ.

ފެނަކަ އިން ބުނީ ހަމަހަމަ ކަމާއި ޒިންމާދާރު ކަމާއިއެކު ކުރެވޭ ނޫސްވެރިކަމެއްގައި، ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދުމަކާއި ނުލައި "ދިޔަރެސް" ގައި ޝާޢިއު ކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގައި ވަކި ފަރާތަކަށް ބުރަވެ، ސިޔާސީ ގޮތުން ފެނަކަ ކޯޕަރޭޝަނާއި މެދު ޢާއްމުންގެ މެދުގައި ޝައްކާއި ވަހުމް އުފެއްދުމުގެ އިތުރުން ކުންފުނީގެ ނަން ކިލަނބު ކުރުމަށް ކުރި ނާތަހުޒީބު ފިނޑި ޢަމަލެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ