
C84A728A-4FBF-41BF-933D-EF5943513AAB
ގދ.މަޑަވެލި ސިއްޙީމަރުކަޒުގެ ލެބޯރޓަރީ ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ހެނދުނު މަޑަވެލި ސިއްޙީމަރުކަޒުގެ ބޭއްވި ރަސްމިއްޔާތެއްގައި ލެބޯޓަރީ ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރ ހުސައިން ފިރުޝާން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެމްބަރ ފިރުޝާން ވިދާޅުވީ، ކޮންމެ ރައްޔިތެއްގެވެސް އުއްމީދު ތަކެއް ވާނެކަމަށާއި ވަކި ފިކުރަކަށް އަދި ވަކި މީހަކަށް ބެލުމެއް ނެތި އެންމެން އެއްކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި މިއަދު ހުޅުވިގެން ދިޔަ ލެބޯޓަރީގެ ހިދުމަތަކީވެސް އެންމެން އެކުގަ މަސައްކަތް ކުރުމުގެ ނަތީއްޖާ ކަމަށެވެ.

މީގެ އިތުރުން ފިރުޝާން ވިދާޅުވީ ލެބޯޓަރީ އާއި ހަމައިން މަސައްކަތް ނުނިމޭ ކަމަށާއި، ހުވަފެނަކީ މަޑަވެލި ހޯޑެއްދޫގެ ސިއްޙީ ނިޒާމު އިތުރަށް ރަނގަޅު ކުރުން ކަމަށެވެ. އަދި އެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފިރުޝާން ވިދާޅުވިއެވެ.

މަޑަވެލި ސިއްޙީމަރުކަޒުގެ ލެބޯޓަރީ އިން އާންމު ކޮށް ހަދަން ޖެހޭ ހުރިހާ ޓެސްޓުތަކެއް ހެދިގެން ދާނެއެވެ. މި ލެބޯޓަރީ އަކީ މަޑަވެލީ ދާއިރާގެ މެމްބަރ ފިރުޝާން ގެ ވައުދެކެވެ.
ގުޅުންހުރި

މަޑަވެލި މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި

މުއާދުގެ ހެޓްރިކާއެކު ފަރެސްމާތޮޑާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މަޑަވެލި ސެމީއަށް

"އާއިލީ ގުޅުން ބަދަހިކުރުން'' މައުޟޫގެ ދަށުން މަޑަވެލި ސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދީފި





