
Chief of defence force shamal
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، ކޮވިޑް-19 ގެ އަލާމަތްތައް ފެނުމުން މޭޖާ ޖެނެރަލް ޝަމާލް ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ޝަމާލް މިހާރު ހުންނެވީ އަމިއްލަފުޅަށް ގޭގައި އައިސޮލޭޓް ވެގެންކަމަށްވެސް މައުލޫމާތުދީފައިވެ އެވެ.
މީގެ އިތުރުން ކަރަންޓީން ވާންޖެހޭ ފަރާތްތައް ކަރަންޓީން ކޮށްފައިވާ ކަމަށްވެސް މައުލޫމާތު އެމްއެންޑީއެފުން ދީފައިވެ އެވެ.
ޗީފް ޝަމާލް ފަހުގެ ތާރީހެއްގައި އެއްވެސް އާންމު އެއްވުމަކަށް އަދި ރާއްޖެއިން ބޭރަށް ވެސް ބައިވެރިވެވަޑައިގެންފައި ނުވާކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ.
ގުޅުންހުރި
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ

ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް!

އެމްއެންޑީއެފް ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުން، އެމްޕީއެލް މުވައްޒަފުންނަށް "ޕޯޓް ސެކިޔުރިޓީ ޓްރެއިނިންގ" ހިންގައިފި





