މިދިޔަ ހަފްތާގައި 771 މީހަކު ކޮވިޑަށް ފައްސިވެއްޖެ

ގައްދޫއިން ކޮވިޑް-19 އަށް ފައްސިވި މީހަކު އިތުރު ފަރުވާއަށް ތިނަދޫ ކޮވިޑް ފެސިލިޓީއަށް ގެނައުން (ފައިލް ފޮޓޯ) - ގާފު ފޮޓޯ | ޝަޖާއަތު އަހުމަދު

ފާއިތުވެދިޔަ ހަފްތާ ތެރޭގައި ރާއްޖެއިން ކޮވިޑް19 އަށް ފައްސިވި މީހުންގެ އަދަދު 771 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާލެ ސަރަހައްދުން 192 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި އަތޮޅު ތެރެއިން 304 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ރިސޯޓްތަކުންނާއި، ސިނާއީ ރަށްތަކުންނާއި، ސަފާރީ އުޅަނދުތަކުން 275 މީހަކު ފައްސިވެފައިވެއެވެ.

މިވަގުތު ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި ކޮވިޑް ބަލީގެ 31 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން މިހާތަނަށް 183،491 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި ކޮވިޑް ބަލީގައި 307 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވެފައިވާއިރު، ކަމާއި ގުޅުން ހުރި އިދާރާތަކުން ވަނީ މާސްކް އަޅައިގެން އުޅުމަށް އިރުޝާދު ދީފައެވެ

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް