
ފަރެސް މާތޮޑާ އެއާޕޯޓު މި އަހަރުގެ ނޮވެމްބަރުގެ 11 އަށް ނިންމާނެ: އެމްޓީސީސީ
# އެމްޓީސީސީ# ފަރެސްމާތޮޑާfaresmathoda airport
ގދ. ފަރެސްމާތޮޑާގައި ހެދުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރ 11 އަށް ނިންމާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެއާރޕޯޓުގެ މަސައްކަތް ފަށަން ބޭނުންވާ މެޝިނަރީޒް ސައިޓަށް މިހާރު ގެންގޮސްފައިވާއިރު މި އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144.8 މިލިއަން ރުފިޔާ އަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރުން ހިމެނޭ އިރު މި މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ 600 ދުވަހުން ނިންމާ ގޮތަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެ. ފުރަތަމަ ފަރެސްމާތޮޑާ އެއާޕޯޓް ހަދަން ހަވާލުކުރީ މެލޭޝިއާގެ ގްރިފޮން އެނާޖީ ކޯޕަރޭޝަނާ އެވެ. އެކުންފުންޏާއެކު ސަރުކާރުން ސޮއިކުރީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ހަތް ވަނަ ދުވަހު އެވެ. ނަމަވެސް އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަނުޖެހުމުން އެއްބަސްވުން ބާތިލްކުރި އެވެ.
ގުޅުންހުރި

އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މިލަންދޫގެ ތިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

މާކުރަތު ޕޮލިސް ޕޯސްޓު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫއު: ބިން ހިއްކުން ނިމި ރިވެޓްމެންޓުގެ މަސައްކަތްތައް ކުރިޔަށްދަނީ
