
މޯލްޑިވިއަންގައި ބޭރަށް ދަތުރު ކުރާއިރު މާސްކް އެޅުން މަޖުބޫރުކޮށްފި
# ކޮވިޑް19# އެޗްޕީއޭ# މޯލްޑިވިއަންGMG_5019
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގައި ބޭރަށް ދަތުރު ކުރާއިރު މާސްކް އެޅުން މަޖުބޫރުކޮށްފިއެވެ.

މޯލްޑިވިއަންއިން މިފަދަ ފިޔަވަޅެއް އަޅާފައިވާކަން އިއުލާންކުރީ، ޓްވީޓެއް މެދުވެރިކޮށެވެ. މޯލްޑިވިއަންގެ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ އެއާލައިންގައި ބޭރަށް ދަތުރު ކުރާ ފަރާތްތަކުން މާސްކް އެޅުމަކީ މަޖުބޫރު ކަމެއް ކަމަށެވެ.
Dear All,
All passengers traveling to international sectors are required to wear face masks.
— Maldivian (@MaldivianAero) June 16, 2022
މޯލްޑިވިއަން އެއާލައިނުން ބައިނަލްއަގުވާމީ ދަތުރުކުރާ ފަރާތްތަކަށް އެ އެއާލައިނުން މިފަދަ އެންގުމެއް އަންގާފައި މިވަނީ، ރާއްޖޭގެ ކޮވިޑް ހާލަތު އިތުރަށް ގޮސްވަމުންދާކަން އިއުލާނުކޮށް، ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވަނިކޮށެވެ.
ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވަމުންދާކަން ހާމަކޮށް އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވޭތުވެދިޔަ މަސްތަކުގައި ކޮވިޑްގެ ވޭދަނަތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު، އަނެެއްކާވެސް ގިނަވަމުންދާކަން ތަފާސްހިސާބުަތަކުން ދައްްކާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި 142 މީހުން ފައްސިވިއިރު، މިއީ އޭގެ ކުރީ ހަފްތާއާ އަޅާކިޔާއިރު، 69%ގެ އިތުރުުވުމެއް ކަމަށް ބުނެފައި ވެއެވެ.
ގުޅުންހުރި

މޯލްޑިވިއަންއިން މެލޭޝިއާއަށް ކުރުމަށް ނިންމާފައިވާ ޚާއްސަ ދަތުރުތަކުގެ އަގު ހެޔޮކޮށްފި

މޯލްޑިވިއަންއިން މެލޭޝިއާއަށް ޚާއްސަ ދަތުރުތަކެއް: ވަރަށް އަގު ހެޔޮ!

އީދާއި ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި
