
560b962b-1182-4a32-a807-44e5be5de0c2-600x400-1
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ޙުސައިން ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.

އޭނާ ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމީ މިއަދުގެ 12:30 ކަންހާއިރު ބޭއްވުނު އެޕާޓީގެ ޕާލަމެންޓަރީ ގްރޫޕް ބައްދަލުވުމުގައެވެ. ޝަމީމް ވަކިކުރުމަށް ޕީޖީގައި ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.
އެމްޑީޑީޕީގެ ބޮޑު ތާއީދަކާއެކު ޕީޖީގެ މަޤާމަށް ވަޑައިގެން ޝަމީމް ނިންމަވަން ފެއްޓެވި ބައެއް ނިންމުންތަކުގެ ސަބަބުން އެމްޑީޕީގެ މެމްބަރުންގެވެސް ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް ވަނީ އަމާޒުވެފަ އެވެ.
ޝަމީމް ވަކިކުރަން ހުށަހެޅި ސީދާ ސަބަބެއް ވެސް މިހާތަނަށް އެމްޑީޕީއަކުން ނުބުނެއެވެ.