logoEN
cocacola
!ކޭކޭ - "ޒަރާ ސަ" އިން މުޅި ދުނިޔެއަށް ގުގުމާލި ރަންއަޑުގެ ވެރިޔާ

!ކޭކޭ - "ޒަރާ ސަ" އިން މުޅި ދުނިޔެއަށް ގުގުމާލި ރަންއަޑުގެ ވެރިޔާ

# ބޮލީވުޑް# ކޭކޭ

ezgif.com-gif-maker (4)

"ޒަރާސަ ދިލް މޭ ދެ ޖަގާތޫ، ޒަރާސަ އަޕްނާލެބަނާ" މި ރީތި ލަވަ ނޭނގޭ މީހަކު މަދުވާނެއެވެ. މި ލަވައިގެ މިޔުޒިކާއި، ޅެމާ އަދި އެޅެމުގެ ފަށުވި ކަންވެސް ނުދަންނަ މީހަކު މަދުވާނެއެވެ. ވަކިން ޙާއްސަަކޮށް އެލަވަ އެހާ ރީތިކޮށް ވިދާޅުވީ ކޮން ބޭފުޅެއްކަންވެސް ނުދަންނަ މީހަކުވެސް މަދުވާނެއެވެ. އާދެ، އެއީ ރަން އަޑުގެ ވެރިޔާ ކްރިޝްނަކުމާރް ކުންނަތް ނުވަތަ އާންމު ނަމުންނަމަ "ކޭކޭ" އެވެ.

ގޮސިޔާ

އެގޮތުން އިއްޔެ މުޅި ދުނިޔެއަށްވެސް ސިހުން ގެނުވީ އިންޑިޔާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ކޭކޭގެ މަރުގެ ޙަބަރާއެކުއެވެ. ކޮންސާރޓްއެއްގައި ލަވަ ހުށަހަޅައިދިންތާ އިރުކޮޅެއްނުވަނީސް ކޭކޭ މަރުވިއިރު، އޭނާގެ އުމުރަކީ 53 އަހަރެވެ. ގައިމުވެސް ކޭކޭ އަކީ މިޒަމާނުގެ ކުދިންނަށް އާމޫނަކަށް ވިޔަސް، 2000 ގެ ކުދިންނަށް ކޭކޭ އަލެއް ނުވާނެއެވެ. 23 އޮގަސްޓް 1968 ގައި ދުނިޔެއަށް އުފަންވި ކޭކޭ މިޔުޒިކްގެ ދާއިރާއަށް ވަދެވުނީ 1999 ވަނަ އަހަރު ބޮލީވުޑްގެ ޕްލޭބެކް ލަވަކިޔުންތެރިއެއްގެ ގޮތުގައިއެވެ. އެގޮތުން އޭނާގެ އެންމެ ފުރަތަމަ ލަވަ ފިލްމު "ހަމް ދިލް ދެ ޗުކަ ސަނަމް" ގެ "ޓަޑަޕް ޓަޑަޕް" އަށް ވިއިރު، އެލަވަވީވެސް ހިޓަކަށެވެ. އެއާއެކު ކޭކޭ، އޭނާގެ އެންމެ ފުރަތަމަ ސޯލޯ އަލްބަމް "ޕަލް" ނެރުނެވެ. މި އަލްބަމަކީ ހަމަ ޔަގީނުންވެސް 90ގެ ކޮންމެ ކުއްޖަކުވެސް ހަނދާން ހުންނާނެ ލަވަ އަލްބަމެކެވެ. ހަމަ އެހަރު، ކޭކޭ ވަނީ އިންޑިޔާގެ ގައުމީ ކްރިކެޓް ޓީމަށް ހެދުނު "ޖޯޝް އޮފް އިންޑިޔާ" މި ލަވައިގައިވެސް ބައިވެރިވެ ލަވަ ވިދާޅުވެފައިއެވެ.

ކޭކޭގެ އެންމެ ހިޓް ލަވަތަކަށް ބަލާލާއިރު، އެންމެ ހިޓުވި "ޒަރާ ސަ"، "ތުހި މެރި ޝަބް ހެއި"، "ކްޔަ މުޖެ ޕްޔާރް ހެއ"ި، "ތުޖެ ސޯޗްތާ ހުން"، ބަޗްނާ އެއި ހަސީނޯގެ މަޝްހޫރު ލަވަ "ޚުދާ ޖާނޭ" އަދި އެންމެ މަޝްހޫރު ފިލްމު، އޯމް ޝާންތި އޯމްގެ "އާންކޮ މެ ތެރި އަޖަބް ސި" ހިމެނެއެވެ.

މިލަވަތަކުގެ އިތުރުންވެސް، އެތަކެއް ރީތި އަދި މަޝްހޫރު ލަވަތަކެއް ކޭކޭ ވަނީ ވިދާޅުވެދެއްވާފައިއެވެ. އެގޮތުން ބަލާނަމަ، ކޭކޭގެ ޖުމްލަ 3 ދަހަރުގެ މިޔުޒިކް ދިރިއުޅުމުގައި، އޭނާވަނީ 500 އަށް ވުރެ ގިނަ ހިންދީ ލަވަ، 200 އަށް ވުރެ ގިނަ ލަވަ ޓެލުގު، ބެންގާލި، ކަންނާޑާ އަދި މަލިޔާލަމް ބަހުރުވައިން ވިދާޅުވެދެއްވާފައިއެވެ.

"ކޭކޭ"ގެ މަރާ އެކު މުޅި މިޔުޒިކް އިންޑަސްޓްރީ އަށް އަނދިރިކަން ވެރިވެފައިވީއިރު، އޭނާ ނެތްކަމުގައި ވީނަމަވެސް، އޭނާގެ ހަނދާން އަބަދުމެ ހުންނާނެއެވެ. "ޒަރާ ސަ" ފަދަ ރީތި ސާދާ ލަވަތަކުން އެހަނދާންތައް އަބަދުމެ ގުގުމާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ