
!އެސްޓީއޯގެ އަހަރީ ރިޕޯޓް - އަމްރު ވިދާޅުވަނީ މިއީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބުކަމަށް
# އެސްޓީއޯ# ހުސައިން އަމްރުphoto_2022-05-30_22-39-26
2021 ވަނަ އަހަރަކީ އެސްޓީއޯގެ ތާރީޙުގެވެސް އެންމެ ކާމިޔާބު އަހަރުކަމަށް އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު މިހެން ވިދާޅުވީ، މިރޭ ބޭއްވުނު އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފާއިތުވި 2 އަހަރުގެ ކުރިން އެސްޓީއޯ އޮޕަރޭޓް ކުރަމުން ގެންދިޔައި ނެގަޓިވް ކޭޝްފްލޯއެއްގައި ކަން ފާހަގަ ކުރައްވާ އަމްރު ވިދާޅުވިގޮތުގައި ނިމިދިޔަ 2 އަހަރު އެސްޓީއޯ އޮޕަރޭޓް ކޮށްފައިވަނީ ޕޮޒިޓިވް ކޭޝްފްލޯއެއްގައިއެވެ. މީގެ ހެއްކެއްގެ ގޮތުގައި އަމްރު ފާހަގަ ކުރިގޮތުގައި، އެސްޓީއޯ ގްރޫޕް ކޮމްޕެނީއަށް އާމްދަނީގެ ގޮތުގައި ނިމިދިޔަ އަހަރު އެކަނިވެސް 11 ބިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، އަދި އެސްޓީއޯއަށް އެކަނިވެސް 10 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. އެއީ ނިމިދިޔަ 2020 ވަނަ އަހަރާ އަޅާބަލާއިރު 35 އިންސައްތަިގެ ކުރިއެރުމެއްކަމަށާއި، މިކަމަކީ އެސްޓީއޯގެ ތާރީޙުގައިވެސް ލިބުނު އެންމެ ބޮޑު އާމްދަނީ ކަމަށްވެސް އަމްރު ފާހަގަ ކުރެއްވިއެވެ.
އަހަރީ ރިޕޯޓް ހުށަހަޅުއްވަމުން އަމްރު ފާހަގަކުރެއްވި ގޮތުގައި، އެސްޓީއޯ އިން ނިމިދިޔަ އަހަރު އެންމެ ބޮޑު 2 ހޭދައެއް ކޮށްފައިވަނީ އެމް.އެސް.އެސް އަށާއި މިފްކޯ ކުރިއެރުވުމަށެވެ. މީގެ އިތުރުން އަމްރު ވިދާޅުވިގޮތުގައި އެކުންފުންޏަކީ ތިމާވެއްޓާ ރައްޓެހި ކުންފުންޏަކަށް ހެދުމަށްޓަކައި، އެކުންފުނިން އެތެރެކުރާ ތެޔޮގައި ހުންނަ ސަލްފާރ ދަށްކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާނެކަމަށެވެ. އަދި ހަމައެހެންމެ، ޕްލާސްޓިކް މަދުކުރުމަށްޓަކައި އެކި ޕްރޮޖެކްޓްސްތައް ހިންގިފައިވާކަމަށްވެސް އަމްރު ފާހަގަ ކުރެއްވިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރމާޓްގެ ވާހަކަ ދައްކަވަމުން އަމްރު ފާހަގަކުރެއްވި ގޮތުގައި، ހޯމް އިމްޕްރޫވްމެންޓްސް އާއިި ސުޕަރމާޓް ހިންގަމުންދާތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި، މިދެތަން އެއް ފުރާޅެއްގެ ދަށުން ގެނެވުމަކީ ލިބުނު އުފަލެއްކަމަށެވެ. އަދި މި ސުޕަރމާޓްގައި އަމިއްލަ ކުންފުނިތަކަށް ތަކެތި ވިއްކުމުގެ ފުރުސަތު ދީފައިވުމަކީ އެކަމުން ލިބުނު އެންމެ ބޮޑު އެއް ކުރިއެރުން ކަމަށެވެ.
އެސްޓީއޯގެ އެންމެ ބޮޑު ބޭނުމަކީ އެސްޓީއޯ އިން ވިއްކާ ހުރިހާ ތަކެއްޗެއް ރާއްޖޭގެ އެންމެހާ ކަންކޮޅުތަކުންކަން ލިބުންކަން ފާހަގަ ކުރައްވަމުން އަމްރު ވިދާޅުވިގޮތުގައި، މިހާރުވެސް އެސްޓީއޯގެ ޖުމްލަ 493 އެޖެންޓްސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާކަަމަށެވެ.
އެންމެ ފަޙުރުވެރިވާ ކަމެއްގެ ގޮތުގައި އަމްރު ފާހަގަ ކުރެއްވި އެސްޓީއޯގެ ޑިޖިޓަލް ބޭންކެވެ. އެގޮތުން ފިންޓެކްގެ ދާއިރާއަށް ވަނުމަކީ އެސްޓީއޯ ޝައުގު ހުރިކަމެއްކަމުގައި ފާހަގަކުރައްވަމުން އަމްރު ވިދާޅުވި ގޮތުގައި، އެސްޓީއޯގެ އުންމީދަކީ ރާއްޖެއަށް ބޭރުފައިސާ ވަނުމަށް މަގުފަހިކުރުން ކަމަށެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ކުރިއަށް ގެންދަނީ ކްރޮސް ރޯޑްސްގައިއެވެ. އަދި މި ޖަލްސާގައި ހިއްސާއަކަށް 65 ރުފިޔާ ބަހަން އެސްޓީއޯ އިން ވަނީ ފާސްކޮށްފައިއެވެ.
ގުޅުންހުރި

އެސްޓީއޯއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 15.4 ބިލިއަން ރުފިޔާ!

ރާއްޖޭގެ ސިއްހީ ދާއިރާއަށް ތާރީހީ ދުވަހެއް: އެސްޓީއޯއިން ތަމްރީންކުރި ދިވެހި ރޭޑިއޯގްރާފަރުން ދަސްވެނިވިއްޖެ

ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ވިޔަފާރިވެރިންނަށް ކާށި އިމްޕޯޓުކޮށްދެނީ
