ބަރުދަން ލުއި ކުރަން ހުންނަންވީ ކޮޅަށް!

ބަރުދަން ލުއި ކުރުމަށް އެތައް މަސައްކަތެއް ކުރާ މީހުން އެބަތިއްބެވެ. ހާއްސަ ޑައިޓެއް ބޭނުން ކުރުމާއި، މޫދަށް ދިޔުމާއި، ދުވުމާއި ކަސްރަތު ކުރުމަކީވެސް ބައެެއް މީހުން ކުރާ ކަމެކެެވެ.

ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި، ގިނައިން ކޮޅަށް ހުރެގެން ބަރުދަން ލުއިކޮށްލެވިދާނެއެވެ. ހަގަޑިއިރު ވަންދެން ކޮޅަށް ކޮންމެ ދުވަހަކު ހުންނަނަމަ ބަރުދަން ވަރަށް ބޮޑަށް ލުއިވެ، ބަރުދަން އިތުރުވުން ދުރުކޮށްދެއެވެ.

އެމެރިކާގެ މޭޔޯ ކްލިނިކްގައި މަސައްކަތް ކުރަމުންދާ ޕްރޮފެސަރެއް ކަމަށްވާ ފްރެންސިސްކޯ ލޮޕޭޒް ޖިމްނޭޒް ހާމަކުރި ގޮތުގައި، ކޮޅަށް ގިނަ ވަގުތު ހުރުމުން ހަމައެކަނި ވިރެނީ ހަށިގަނޑުގައި ހުންނަ ސަރުބީ އެކަންޏެއް ނޫނެވެ. ބަރުދަން އިތުރުވުމުން ކުރިމަތިވާ އިތުރު މައްސަލަތައް ކަމަށްވާ ހިތުގެ ހިނގުން ލަސްވުމާއި، ސްޓްރޯކް ޖެހުމާއި، ޑައިބެޓީސް ފަދަ މައްސަލަތަކާއި ދުރުވެއެވެ.

މިކަމާއި ގުޅޭގޮތުން މީގެ ކުރިން ހެދިފައި ހުރި ދިރާސާތަކުގައި ހާމަކޮށްފައިވާ ގޮތުގައި، މާގިނައިން އިށީންދެ އިނުމަކީ ބަރުދަން އިތުރުވާން މެދުވެރިވާ ކަމެކެވެ. އަދި މީހާ ބަނޑެއް ލައި ފަލަވާންެވެސް ދިމާވާ ކަމެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް