logoEN
cocacola
އިންޑީއާ އައުޓް ކެމްޕޭނާ ގުޅިގެން މީޙަކު ހޯދަނީ

އިންޑީއާ އައުޓް ކެމްޕޭނާ ގުޅިގެން މީޙަކު ހޯދަނީ

އަލްފާ އަލީ

logo

5/17/2022, 2:13:45 PM

# ފުލުހުން# ޕީޕީއެމް# އިންޑިއާ އައުޓް

Abdul_Affar_2_c69f8de6f8

ފާރުތަކުގައި އިންޑިއާ އައުޓް ޖަހާ މީހަކު ހައްޔަރުކުރަން ފުލުހުން އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ގޮސިޔާ

ފުލުހުން ބުނީ ގަލޮޅު ޕޮލިހުން ތަހުގީގުކުރަމުން އަންނަ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށް ހޯދަމުން ދަނީ މއ. ލެއްގި، އަބްދުލްޣައްފާރު އަބްދުލްޣަފޫރު، (34އ) އެވެ.

މިމީހާ ހޯދުމަށް ފުލުހުން ކުރި އިއުލާނުގައި، އޭނާ ހޯދަމުން ދަނީ އިންޑީއާ އައުޓް ކެމްޕެއިނާ ގުޅިގެން ކަމެއް ހާމަ ނުކުރެއެވެ. ނަމަވެސް ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ މާލޭގެ ފާރުތަކާއި މަގުތަކަށް "އިންޑިއާ އައުޓް" ސްޕްރޭކުރާ މައްސަލާގައި ކޯޓު އަމުރަކަށް ހައްޔަރުކުރަން ހޯދަމުންދާ މީހެކެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން މިދިޔަ މަހު ވަނީ ކަނޑައަޅައިފަ އެވެ.

އެ ކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ