logoEN
cocacola
ނިދީގައި ގަދައަށް ގުގުރިދަމާތަ! އަވަހަށް ފަރުވާ ހޯދަން ޖެހޭ

ނިދީގައި ގަދައަށް ގުގުރިދަމާތަ! އަވަހަށް ފަރުވާ ހޯދަން ޖެހޭ

އައިޝަތު އިފާޝާ

logo

4/23/2022, 11:00:48 AM

# ސިއްހަތު

Man sleeping in his bed and snoring loudly

އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ އަކީ ސީރިއަސް ސްލީޕް ޑިސްއޯޑާއެކެވެ. މިމައްސަލަ ހުންނަ މީހުން އާންމުކޮށް ނިދީގައި 10 ސިކުންތު ނުވަތަ އެއަށްވުރެ ގިނައިރު ވަންދެން ނޭވާލުން ހުއްޓާލައެވެ. އޭގެ ތެރޭގައި ގުގުރިދެމުން ވެސް ހިމެނެއެވެ. ގުގުރިދެމުން ނުވަތަ "ސްނޯރިންގ" އަކީ ނިދައިފައި އޮންނަ މީހާ ނޭވާލާއިރު ކަރުތެރެއިން އަޑުގޮއްވުމެވެ. މިއަޑު ގޮވަނީ ނޭވާލާއިރު މަތީ ތަލީގެ މަޑުބައި ތެޅޭ ތެޅުމުގެ ސަބަބުންނެވެ.

ގޮސިޔާ

ނިދީގައި ގުގުރިދަމާނަމަ އެކަމަކީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ އެމީހެއްގެ ކިބައިގައި ހުންނަ ކަމުގެ ނިޝާނެކެވެ. އެހެން ނަމަވެސް ކޮންމެ މީހަކަށްވެސް ފިނިވުމުގެ ސަބަބުން ނުވަތަ އެލާޖިކް ވުމުގެ ސަބަބުން ނޭފަތުގެ ޕެސެޖްތައް ބްލޮކް ވުމުގެ ސަބަބުން ނިދީގައި ގުގުރިދެމުމަކީ ދޭތެރެއަކުން ނަމަވެސް ދިމާވެދާނެ ކަމެކެވެ.

އެހެން ނަމަވެސް ގުގުރިދެމުމަކީ އާދައިގެ ކަމަކަށް ވެދާނެ ކަމަށާއި، އެކަމަކީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫންކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ. ގުގުރިދަމާ ނަމަ ކަންބޮޑުވާން ޖެހޭނީ، މާ އަޑުގަދަކޮށް އަދި ނޭވާލުން ލަސްވާ ކަމަށް ވާނަމައެވެ.

މިކަމަށް ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާގެ ސަބަބުން ހައިޕަރޓެންޝަން، ހިތުގެ ބަލި، ޓައިޕް 2 ޑައިބެޓީސް ނުވަތަ ޑިޕްރެޝަން، އަދި އުމުރުގެ ކުރީކޮޅު މަރުވުމުގެ ފުރުސަތު ބޮޑުކަމަށް އެމެރިކަން އެކަޑަމީ އޮފް ސްލީޕް މެޑިސިންއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ