logoEN
cocacola

ހުވަދު އަތޮޅުގައި ބާއްވާ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތް ކަމުގައިވާ "އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022″ގެ މެޗްތައް އިންސާފުކުރުމަށްޓަކައި، މިއަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑު ހާސިލްކޮށްފައިވާ މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަންގެ ރެފްރީ، އަޙްމަދު ޝިހާމް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ގޮސިޔާ

ޝިހާމަށް ލިބިފައިވަނީ ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔާ 2022 ގެ އެވޯޑެވެ. އެ އެވޯޑަކީ އެކި ކުޅިވަރުތަކުގެ ޓެކްނިކަލް (ރެފްރީން، އޮފިޝަލް، ލައިން ޖަޖް، އަމްޕަޔަރުން) ދާއިރާއިން ހޮވާލެވޭ ފަރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތަކަށް ދެވޭ އެވޯޑެކެވެ. މިއަހަރުގެ އެވޯޑު ޝިހާމް ކާމިޔާބުކުރެއްވި އިރު، ބެޑްމިންޓަން ކުޅިވަރު މުބާރާތްތަކުގައި އޮފިޝަލްކަން ކުރުމުގައި އޭނާ ވަނީ 22 އަހަރު ހޭދަކުރައްވާފައެވެ.

ޝިހާމް އޮފިޝަލްކަން ކުރައްވާފައިވާ މުބާރާތްތަކުގެ ތެރޭގައ،ި ދުނިޔޭގައި ބޭއްވޭ ބޮޑެތި މުބާރާތްތައް ހިމެނެއެވެ. އެގޮތުން، ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތްތަކާއި އޮލިމްޕިކްސްގެ މުބާރާތްތަކާއި ކޮމަންވެލްތް ގޭމްސްގެ މުބާރާތްތަކާއި އޭޝިއަން ގޭމްސްގެ މުބާރާތްތަކާއި އޭޝިއަން ޔޫތް ގޭމްސްއާއި ކޮމަންވެލްތް ގޭމްސްގެ މުބާރާތްތަކުގައިވެސް ޝިހާމް ވަނީ އޮފިޝަލް (ރެފްރީ، އަމްޕަޔަރ، ލައިންޖަޖް)ކަން ކުރައްވާފައެވެ.

ޝިހާމް އަކީ ބެޑްމިންޓަން އެސޯސިއޭޝަނުން މިއަހަރުގެ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް މުބާރާތަށް ކަނޑައަޅާފައިވާ ރެފްރީ އެވެ. އެސްޓިއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގެ ރެފްރީކަން ކުރެއްވުމަށް ޝިހާމް ތިނަދޫއަށް ވަޑައިގަންނަވާނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.

https://gaafu.mv/sport/53688

މި މުބާރާތުގައި އަންހެން ކެޓެގަރީގެ ތިން ޓީމަކާއި ފިރިހެން ކެޓެގަރީގެ ފަސް ޓީމަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ 10 އޭޕްރީލް އިން ފެށިގެން 15 އޭޕްރީލްގެ ނިޔަލަށް ކޮންމެ ރެއެއްގެ 21:00 އިން ފެށިގެންނެވެ.

ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ އެސްޓީއޯ އެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވެލްކޯ ހަމަޖެހިފައިވާއިރު މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުންނަކީ ގދ. އަތޮޅު ކައުންސިލާއި، ގދ. ތިނަދޫ ކައުންސިލްގެ އިތުރުން ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ތިނަދޫ ޑަބްލިއުޑީީސީ) އެވެ. އޮފިޝަލް ޕާޓްނަރަކީ ޔޫތު މިނިސްޓްރީ އެވެ.

މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން، ހަވަރު ސްޕޯޓްސްގެ އިތުރުން ތިނަދޫ ސްޕޯޓްސްއާއި އަކުއަ ޕެރެޑައިސްް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. އިވެންޓްކާސްޓަކީ ސްޓްރީމިންގ ޕާޓްނަރ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް އެރުވޭ ތަށި ސްޕޮންސަރކޮށްފައިވަނީ އަސްކަނި ސްޕޯޓްސް އިންނެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންނަކީ ހުވަދޫ ސްވިމިންގ ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ތިނަދޫ ސްޓޭޑިއަމް އެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ވަނީ އެމެޖެންސީ ސާވިސް ޕާޓްނަރަކަށް ހަމަޖައްސާފައެވެ.

އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ކުރިއަށްދާނީ ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ