logoEN
Sto top
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް ގެ ރަމަޒާން ބާޒާރު ފަށައިފި: ވިޔަފާރިކޮށްގެން 100،000 ރުފިޔާ ލިބުމުގެ ފުރުސަތު!

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް ގެ ރަމަޒާން ބާޒާރު ފަށައިފި: ވިޔަފާރިކޮށްގެން 100،000 ރުފިޔާ ލިބުމުގެ ފުރުސަތު!

އަހުމަދު ޝުރާއު

logo

12/16/2025, 2:05:02 AM

# އެސްޓީއޯ

-

ރޯދަ މަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް އެސްޓީއޯގެ ވިޔަފާރި ސެގްމެންޓްތަކުން ކުރިޔަށްގެންދާ ހާއްސަ ސޭލްތަކާއި ޕްރޮމޯޝަންތަކުގެ ތެރެއިން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށް ގެންދާ 'އެސްޓީއޯ ރަމަޒާން ބާޒާރު' ޕްރޮމޯޝަން ފަށައިފިއެވެ.

Wamco

މި ޕްރޮމޯޝަން ރަސްމީކޮށް ފެށުނީ، 15 ޑިސެމްބަރ 2025 ވަނަ ދުވަހުގެ ރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވުނު ހާއްސަ ހަފްލާއަކުންނެވެ. ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ ޗެއަރމަން އަދި އެސްޓީއޯގެ ކުރީގެ އެންޑީ އަހުމަދު ޝަހީރުއެވެ.

މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ 18 މާރިޗު 2026 ގެ ނިޔަލަށެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޒާން ބާޒާރުގައިވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށާއި އެގޮތުން، ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެސްޓީއޯއީން މައުލޫމާތުދެއެވެ.

މީގެ އިތުރުން، 500ރ އިން މަތިން ވިޔަފާރި ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ޑިޖިޓަލް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ހަފްތާއަކުވެސް މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން 1 ފަރާތަކަށް ވަރަށް ހާއްސަ ގިފްޓް ހެމްޕަރެއްލިބިގެންދާނެއެވެ.

އަދި ޕްރޮމޯޝަން ނިމުމާއިއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ޕްރޮމޯޝަންގެ ގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ100،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެއެކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މިއަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11އައުޓްލެޓްގައި ކުރިއަށްދާނެއެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ބާއްވާ މި ޕްރޮމޯޝަނަކީ ރޯދަމަހަށް ހާއްސަކޮށްގެން އާންމުންގެ ގެތަކަށް ބޭނުންވާ ކޮލިޓީ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ބައްލަވައިގަތުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކުވެސް ގިނަބަޔެއްގެ ބޮޑު ތަރުޚީބެއް ލިބެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC