
އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގެ އޮފިޝަލް ޕާޓްނަރ އަކަށް ޔޫތް މިނިސްޓްރީ
# ދިރާގު# ގޯސިޔާ# ހުވަދޫ ސްވިމިންގ ކްލަބް# އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް# ޕްރިންޓެކް# ފެނަކަ ކޯޕަރޭޝަން# އެސްޓީއޯ# ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022# ގދ. ތިނަދޫ ޑަބްލިއުޑީސީ# ތިނަދޫ ސްޓޭޑިއަމް# ގާފު ސްޕޯޓްސް# އެވިއަރ# އިވެންޓް ކާސްޓް# ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް# ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް# ގދ. އަތޮޅު ކައުންސިލް# ހުވަދޫ ބެޑްމިންޓަން ކްލަބް# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް# ޔޫތް މިނިސްޓްރީ# ގދ. ތިނަދޫ ކައުންސިލް# އަކުއާ ޕެރެޑައިސްBB8B06C2-F4DB-4D28-A73E-9E27CBE906DB
ހުވަދު އަތޮޅުގައި ބާއްވާ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތް ކަމުގައިވާ "އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022″ގެ އޮފިޝަލް ޕާޓްނަރ އަކަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް ހަމަޖައްސައިފިއެވެ.

ގާފު މީޑިއާ ގްރޫޕުގެ އޮފީހުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ކަމާ ގުޅޭ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން އަޙްމްދު އެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާސިހު ރަޝީދު އެވެ.
މި އެއްބަސްވުނުގެ ދަށުން މުބާރާތަށް ސަރުކާރުގެ ފަރާތުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ.
މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުނަކީ ތިނަދޫ ޑަބްލިއުޑީސީއާއި ތިނަދޫ ކައުންސިލްގެ އިތުރުން، ގދ. އަތޮޅު ކައުންސިލް އަދި ޔޫތް މިނިސްޓްރީ އެވެ. މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން އަދި އަކުއަ ޕެރެޑައިސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. ތިނަދޫ ސްޓޭޑިއަމްގެ އިތުރުން މުބާރާތުގެ ދެވަނަ އެސޯސިއޭޓް ޕާޓްނަރ އަކީ ހުވަދޫ ސްވިމިންގ ކްލަބް އެވެ. ބެވަރޭޖް ޕާޓްނަރގެ ގޮތުގައި އެވިއަރ ހަމަޖައްސާފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ވަނީ އެމެޖެންސީ ސާވިސް ޕާޓްނަރަކަށް ހަމަޖައްސާފައެވެ.
އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ކުރިއަށްދާނީ ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންޑޯޒްމަންޓާއެކު ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ރޭގަނޑު 21:00 އިން ފެށިގެންނެވެ.
ގުޅުންހުރި

މެދުނުކެނޑި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހެދުމަށް އިންޑިއާއިއެކު އެސްޓީއޯއިން މުހިންމު އެއްބަސްވުމެއް!

އެސްޓީއޯއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 15.4 ބިލިއަން ރުފިޔާ!

ބީއެމްއޭގެ ގައުމީ ހައިސިިއްޔަތު ވަގުތީ ގޮތުން ނަގައިފި
