
DSC_4264
ރާއްޖެއިން މިއަދު ކޮވިޑް19 އަށް ފައްސިވި މީހުންގެ އަދަދު 298 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 21 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރެއިން މިއަދު 247 މީހުންނެވެ. ރިސޯޓްތަކުން މިއަދު 28 މީހުން ފައްސިވިއެވެ. ކޮވިޑް ޓެސްޓް ކުރިތަނެއް ކަށަވަރު ނުކުރެވޭ 2 މީހުން މިއަދު ފައްސިވެފައި ވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައިވަނީ 171،947 މީހުންނެވެ.
މިހާތަނަށް މި ބަލިން ފަސޭހަވެފައިވަނީ ޖުމްލަ 156،871 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 11 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 297 މީހުންނެވެ.