
ރަޝިއާއިން "ކުދިކުދި ކޮށްލި" ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓުގެ ފޮޓޯތައް
# ރަޝިއާ - ޔޫކްރޭން# އެންޓޮނޮވް އެން225 މރިޔާezgif.com-gif-maker (2)
ރަޝިއާއިން ދިން ހަމަލާތަކުގައި "އަޅިއަށް ހަދައިލި" ދުނިޔޭގެ އެންމެ ބޮޑު ކާގޯ އުފުލާ މަތިންދާ ބޯޓުގެ ފޮޓޯތައް އާންމުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ކާގޯ އުފުލާ ބޯޓު "AN-225 މރިޔާ" އަށް ރަޝިއާއިން ހަމަލާދީ ސުންނާފަތި ކޮށްލާފައިވަނީ ޔޫކްރޭންގެ ކީވްގައި އޮންނަ ހޮސްޓޮމެލް އެއާޕޯޓަށް އޮއްވައި މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ އެއާޕޯޓަށް ދިން ހަމަލާތަކުގައި ބޯޓުގެ ބޮޑުބައެއް ވަނީ އަނދައި އަޅިއަށްވެފައެވެ.
ޔޫކްރޭނުގެ ރައީސް، ޒެލެންސްކީ އޭރު ވިދާޅުވީ "މރިޔާ" ގެ މާނައަކީ "ހުވަފެން" ކަމަށާއި އެ ބޯޓު ގުޅިފައިވަނީ ޔޫކްރޭނުގެ "ހުވަފެން"ތަކާ ކަމަށެވެ. އަދި ބޯޓު އަލުން އިޔާދަކުރުމަށް ކިތަންމެ ބޮޑު ޚަރަދެއް ދިޔަޔަސް، ރައްޔިތުންގެ "ހުވަފެން" އަނެއްކާވެސް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ.
މި ހަމަލާގެ ސަބަބުން AN-225 މރިޔާ އަށް ތިން ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާ އިރު ބޯޓު މަރާމާތު ކުރުމަށް ފަސް އަހަރުގެ މުއްދަތެއް ހޭދަވާނެ ކަމަށް ޔޫކްރޭންގެ އިދާރާތަކުން ބުނެއެވެ.
AN-225 ރިޔާ އަކީ ޔޫކްރޭން ގައި އުފައްދާފައިވާ ކާގޯ އުފުލާ މަތިންދާ ބޯޓެކެވެ. މި ބޯޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުޙިންމު ކާގޯތައް އުފުލުމުގައި 1988 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ބޯޓެކެވެ.
ގުޅުންހުރި

ޔޫކްރެއިނަށް ދޭ ހަމަލާތައް އެއް ދުވަހަށް މެދުކަނޑާލަން ޕުޓިން ނިންމައިފި

ރަޝިޔާ އަސްކަރިއްޔާގެ އިސް ޖެނެރަލަކު އަވަހާރަކޮށްލައިފި: ޒިންމާ ނެގީ ޔޫކްރެއިނުން!

އިރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލްތަކެއް ދިންކަން ކަށަވަރުވުމުން އެމެރިކާއިން ކަންބޮޑުވެއްޖެ
