
ޚުޠުބާ - މިސްކިތް
މިއަދު ފެށިގެން މިދާ ޝައުބާން މަހަކީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ރޯދަ ހިފުމާއި އެހެނިހެން އަޅުކަންތައް ކުރުމަށް މާތް ﷲ މިންވަރު ކޮށްދެއްވާފައިވާ ރަނުގެ ފުރުޞަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މިއަދުގެ ޚުތުބާގައި އަލިއަޅުވާލާފައިވަނީ ޝައުބާން މަހުގެ ދުވަސްތަކުގައި ހެޔޮއަމަކުރުން ގިނަކުރުމަށެވެ.
މިއަދު ފެށިގެން މިދަނީ ޙުރުމަތްތެރި ކުރެއްވިގެންވާ ރަޖަބު މަހާއި ބަރަކާތްތެރި ރަމަޟާންމަހާ ދެމެދުގައިވާ، އަދި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެމަހުގެ ދުވަސްތަކާމެދު ޣާފިލުވެފައިވާ ޝައުބާން މަސް ކަން މިއަދުގެ ޚުތުބާގައި ހަނދުމަކޮށްދެއްވާފައި ވެއެވެ.
ޚުތުބާގައި ބުނީ، ޝައުބާން މަހުގެ ދުވަސްތަކަކީ އަޅުގަނޑުމެންގެ ހެޔޮ ޢަމަލުގެ ފަތަށް ހެޔޮ ޢަމަލުތައް އިތުރުކޮށްލަން ލިބިފައިވާ ރަނުގެ ފުރުޞަތެއް ކަމަށެވެ. އަދި އެ ފުރުޞަތު ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ޚުތުބާގައިވަނީ ނަސޭހަތްތެރިވެފައެވެ.
ޝައުބާން މަހުގައި ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ގިނަގިނައިން ރޯދަހިފުން ކަމަށާއި، އެމަހަކީ މީސްތަކުންގެ ޢަމަލުތައް މާތްﷲ ގެ ޙަޟުތައް އުފުއްލެވޭ މައްސަރުކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
"ޝައުބާން މަސް ވަނީ ރަޖަބުމަހާއި ރަމަޟާންމަހާ ދެމެދުގައި ކަމުން މީސްތަކުން އެމަހަކާމެދުގައި ޢާފިލުވެފައިވާތީ، އެ ޢާފިލުކަމުން މީސްތަކުން ހޭލެއްވުން. އެހެންކަމުން މިއީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ދެވޭ ތަމްރީނެއް" ޚުތުބާ
މާތް ﷲ ގެ ޙަޟުރަތުން ދަރުމައާ ޘަވާބަށް އެދިގެން މީހަކު ރޯދައެއް ހިފައިފި ނަމަ، އެމީހެއްގެ މޫނު އެތައްހާސް ދުރުމިނަކަށް ނަރަކައާ ދުރުކުރައްވާ ކަމުގައި މިއަދުގެ ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މިއަދުގެ ޚުތުބާގައި ބުނީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޝައުބާންމަހު ރޯދަހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތް ފަދަ ކަމެއް ކަމަށް ބުނެފައިވެއެވެ.
"އެ ރަވާތިބު ސުންނަތްތަކުގެ ސަބަބުން ފަރުޟު ނަމާދަށް ފަށައިގަތުމުގެ ކުރިން މީހާގެ ހިތާ ސިކުނޑި ނަމާދުގެ ތެރެއަށް ވައްދައިލެވޭ. އަދި ނަމާދުގެ ތެރޭގައި ކުރެވިފައި ހުންނަ ބައެއް އުނި ކަންތައް ނަމާދުގެ ފަހުން ކުރެވޭ ރަވާތިބު ސުންނަތްތަކުން ފޫބައްދައިލެވޭ. ހަމަ އެބީދައިން ޝައުބާން މަހު ގިނަގިނައިން ރޯދަހިފުމުން ރަމަޟާންމަސް އަންނަންވާ އިރަށް އެމަހުގެ ރޯދަތައް ހިފުމަށް މީހާގެ ނަފްސު ފުރިހަމައަށް ތައްޔާރުވޭ." - ޚުތުބާ
މުޖުތަމަޢުގައި ޝިރުކުގެ ބައެއް ޢަމަލުތައް ސިއްރާއު ފާޅުގައި ފެތުރިފައިވާއިރު އަޅުގަނޑުމެންގެ ނަފްސުތައް ޝިރުކަށް ހުށަނޭޅޭނެކަމަށް ހީނުކުރުމަށް މިއަދުގެ ޚުތުބާގައި ގޮވާލާފައި ވެއެވެ.
މިއަދުގެ ޚުތުބާގައި ބުނީ، ޝައުބާންމަހުގެ 15 ވިލޭރޭ ހަފްލާތައް ބާއްވައި ޖަމާޢަތް ހަދައިގެން އެ ރޭ ޚާއްސަކޮށް ނަމާދުކޮށް ހަދާ ކަމަށެވެ. މިއިން އެއްވެސް ކަމަކީ ރަސޫލުﷲ صلى اللّه عليه وسلم ގެ އަރިހުން ސާބިތުވެގެންވާ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
"ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގަ" ޚުތުބާ
މިދިޔަ ރަމަޟާން މަހު ޤަޟާ ރޯދައެއް ހިފަން ޖެހިފައިވާ މީހަކު ނަމް ރަމަޟާން މަސް އައުމުގެ ކުރިން އެރޯދަ ޤަޟާކުރުމަށް އަވަސްވެގަތުމަށް މިއަދުގެ ޚުތުބާގައި ގޮވާލާފައިވެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
މާތް اللهއަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުން!

ސިޚުރަކީ ކާފިރުވާފަދަ ބޮޑު ފާފައެއް، އެ ފާފައާ ދުރުހެލިވޭ: ޚުތުބާ

ޤައުމު ބިނާކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ވާޖިބެއް - ޚުޠުބާ
